Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްފަހު ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

މުހައްމަދު ޖަމްޝަތު
212 ދުވަސް ކުރިން - 17 މާޗް 2026 14:57
ބައްސާމް އަދީލް ޖަލީލް. ސާޖަރީއެއްކޮށް ފަރުވާއަށް ގޭ ބަންދަށް ބަދަލުކުރުމަށްފަހު މިހާރު ވަނީ ޖަލަށް ބަދަލުކޮށްފަ---
ބައްސާމް އަދީލް ޖަލީލް. ސާޖަރީއެއްކޮށް ފަރުވާއަށް ގޭ ބަންދަށް ބަދަލުކުރުމަށްފަހު މިހާރު ވަނީ ޖަލަށް ބަދަލުކޮށްފަ---
ޚުލާސާ

ބައްސާމް ގެއަށް ބަދަލުކުރީ ސިއްހީ ސަބަބުތަކަށްޓަކައި. ނަމަވެސް އޭނާއަށް ދޭންޖެހޭ ފަރުވާތައް ޖަލުގައި ބަހައްޓައިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސިއްހީ ސަބަބުތަކަކަށްޓަކައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި ބައްސާމް ގޭބަންދަށް ބަދަލުކުރީ އޭނާ ކުރި ނޭފަތުގެ ސާޖަރީއަކަށްފަހު، ރިކަވަރީ މުއްދަތުގައި ހިރަފުހާ ދުރުގައި އުޅުމަށް ޑޮކްޓަރުން ލަފާދީފައިވާތީއެވެ. ނަމަވެސް، ސާޖަރީއަށްފަހު ދޭންޖެހޭ ފަރުވާތައް ޖަލުގައި ބަހައްޓައިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމާއެކު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިއްވީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރާއި އިތުރު 10,000 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ބައްސާމް ކުއްލި ގޮތަކަށް ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ. ކަރެކްޝަންސްއިން ބުނީ ބައްސާމް ގެއަށް ބަދަލުކުރީ ޒަރޫރީ ހާލަތްތަކުގައި އަމަލުކުރަން އޮންނަ ގަވާއިދުގެ ތެރެއިން ކަމަށެވެ.

ބައްސާމްގެ ފަރާތުން މިހާރު ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ހުންނަން ޖެހޭނީ ޖަލު ބަންދުގައެވެ.

ބައްސާމް އަދީލް ޖަލީލްމޯލްޑިވްސް ކަރެކްޝަނަލް ސާވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1 މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފި

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1 މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފި

34 ދުވަސް ކުރިން - 21:26

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

95 ދުވަސް ކުރިން - 13:45

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

143 ދުވަސް ކުރިން - 13:18

ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

144 ދުވަސް ކުރިން - 19:59

ފިލި ގައިދީއަކީ އަލިފާނުގެ މައްސަލައިގައި ހައްޔަރުގައިވާ މީހެއް

ފިލި ގައިދީއަކީ އަލިފާނުގެ މައްސަލައިގައި ހައްޔަރުގައިވާ މީހެއް

147 ދުވަސް ކުރިން - 22:12

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

224 ދުވަސް ކުރިން - 16:47