އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން ފިލި ގައިދީ އަކީ އަލިފާނުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުގައިވާ މީހެއް ކަމަށާއި އޭނާ މިހާރު ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ފިލީ، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ، ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ.
އޭނާ ހައްޔަރުކޮށްފައި ހުރީ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޝަރީޢަތް ނިމެންދެންނެވެ.
ފުލުހުން މިއަދު ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާކަމަށެވެ.









