Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 13 ޖުލައި 2026 13:45
ފޮޓޯ: މޯލްޑިވްސް ކަރެކްޝަންސް
ފޮޓޯ: މޯލްޑިވްސް ކަރެކްޝަންސް
ޚުލާސާ

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރު ބޭނުންކުރަން ފަށާފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުތައްވެސް ބަހައްޓާފައި.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން، ކ. ހިންމަފުށީގައި ހުންނަ "އައްސޭރި ޖަލު" ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

މި އޮޕަރޭޝަނަކީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަރެކްޝަންސްއިން ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ. ކަރެކްޝަންސްއިން ބުނި ގޮތުގައި ޖަލުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ޝެޑިއުލް ކުރެވިގެންނާއި، ކުއްލި ގޮތަކަށް ހިންގާ އޮޕަރޭޝަންތައް ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.

އައްސޭރި މިއަދު ޖަލުގައި ފެށި މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިންނާއި ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މީގެކުރިންވެސް މިފަދަ އޮޕަރޭޝަންތައް މާފުށީ ޖަލާއި ހުޅުމާލެ ޖަލުގައި ހިންގާފައިވެ އެވެ.

Advertisement

Advertisement 1

ޖަލުތަކުގެ ބެލެހެއްޓުންތެރިކަން ހަރުދަނާކޮށް، ޖަލުތަކުގެ ތެރޭގައި މަނާ ތަކެތި ގެންގުޅުމާއި، ކުށްކުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ޖަލަށް ވައްދާ ތަކެތި ސްކޭން ކުރެވޭނެ ޒަމާނީ ނިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

އެގޮތުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރު ބޭނުންކުރަން ފަށާފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުތައްވެސް ބަހައްޓާފައެވެ. މިއީ ރާއްޖޭގެ ޖަލުތަކުގެ ތާރީހުގައި މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މި ނިޒާމުގެ ސަބަބުން ސިއްރުން ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވާނެ އެވެ.

ޖަލުތަކުގައި ތިބެގެން ފޯނާއި އިންޓަނެޓް ބޭނުންކޮށްގެން ސްކޭމްގެ ބޮޑެތި އަމަލުތައް ހިންގާކަން ފުލުހުން މީގެކުރިން ފާހަގަކޮށްފައިވެ އެވެ. މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު އެއް ބޭނުމަކީ ޖަލުތަކުގައި ފޯނާއި އެހެނިހެން މަނާ ތަކެތި ގެންގުޅުން ހުއްޓުވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ކަރެކްޝަންސްއިން ފާހަގަކުރި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

46 މިނެޓު ކުރިން - 00:36

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

2 ދުވަސް ކުރިން - 01:44

އެކްސިޑެންޓަށް ފަހު ފިލައިގެން އުޅޭ ދޯނި ހޯދަން ޢާންމުންގެ އެހީއަށް އެދިއްޖެ

އެކްސިޑެންޓަށް ފަހު ފިލައިގެން އުޅޭ ދޯނި ހޯދަން ޢާންމުންގެ އެހީއަށް އެދިއްޖެ

3 ދުވަސް ކުރިން - 15:40

ރޭގެ ލޯންޗު އެކްސިޑެންޓުގައި ދޯނި މަޑުނުކޮށް ދިޔަ: ފުލުހުން

ރޭގެ ލޯންޗު އެކްސިޑެންޓުގައި ދޯނި މަޑުނުކޮށް ދިޔަ: ފުލުހުން

4 ދުވަސް ކުރިން - 13:29