Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޮޑުއަގުގައި ތަކެތި ގަތް މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
14 ގަޑިއިރު ކުރިން - 6 އޮކްޓޫބަރު 2026 13:24
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް----
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް----
ޚުލާސާ

މައްސަލަ ފާހަގަވެފަވަނީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކުން. ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގެނެސްފައިވަނީ މާކެޓު އަގަށްވުރެ 2.08 މިލިއަން ރުފިޔާ އަގުބޮޑުކޮށް. ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މާލީ ނިޒާމު ހަރުދަނާކުރުމަށް އިލްތިމާސްކޮށްފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޮޑުއަގުގައި ތަކެތި ގަތުމާއި މަސައްކަތްތައް ނުއަގުގައި ހަވާލުކުރުމުގެ މައްސަލަތަކެއް އެ ހޮސްޕިޓަލުގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ޖުމްލަ 14 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މާކެޓު އަގަށްވުރެ ބޮޑުއަގުގައި އާންމު ކޮންސިއުމަބަލްސް ހޯދާފައިވާކަން ހިމެނޭއިރު، ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގެނެސްފައިވަނީ މާކެޓު އަގަށްވުރެ 2.08 މިލިއަން ރުފިޔާ އަގުބޮޑުކޮށެވެ.

އާންމު ކޮންސިއުމަބަލްސްގެ އިތުރުން މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ހޯދުމުގައިވެސް ހަރުދަނާ އުސޫލެއް ނެތި އަގުބޮޑުކޮށް ތަކެތި ގަނެފައިވާކަން ފާހަގަކޮށްފަވެއެވެ. އެގޮތުން މެޑިކަލް ކޮންސިއުމަބަލްސްގެ 23 އައިޓަމަކަށް 1.96 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެތަކެތި މާކެޓުން 948,511 ރުފިޔާ އަގުހެޔޮކޮށް ލިބެން ހުއްޓެވެ. މީގެއިތުރުން ލެބޯޓްރީއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި 34,000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާކަމާއި، ބޭނުންނުކުރާ 3 ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165,000 ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްފަވެއެވެ.

ހޮސްޕިޓަލުގެ ޢިމާރާތް ކުރުމާއި މަރާމާތުގެ މަސައްކަތްތަކުގައިވެސް ނުއަގުގައި ފައިސާ ހަރަދުކޮށްފައިވާކަން އޮޑިޓުން ހާމަވެއެވެ. އެގޮތުން ބޭރުގައި ތަށިމުށި ޖެހުމަށް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތުގެ ބީލަން ކެންސަލްކޮށް، ލަފާކުރި އަގަށްވުރެ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްފަވާކަން ހާމަވެއެވެ. އަދި ސެޕްޓިކް އޯޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުމަށް އަންދާޒާ ކުރި ބަޖެޓަށްވުރެ 173,189 ރުފިޔާ ބޮޑު އަގުގައި ހަވާލުކޮށްފައިވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement 1

އުޅަނދުފަހަރު ހޯދުމުގެ ތެރޭގައި، ހޮސްޕިޓަލަށް އައު ވޭނެއް ގަތުމަށް ފުރަތަމަ ވި އެއްބަސްވުން އުވާލުމަށްފަހު، އިއުލާންކުރުމަކާ ނުލައި އެހެން ފަރާތެއް މެދުވެރިކޮށް 583,000 ރުފިޔާ އަގުބޮޑުކޮށް ވޭން ގަނެފަވެއެވެ. މީގެއިތުރުން ބައެއް ތަކެތި ބޭނުންވާ މުއްދަތަށް ނުލިބުމުގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، މުޅި އޮޑިޓް ރިޕޯޓުން ފާހަގަވަނީ ވަކި ފަރާތްތަކަކަށް މަންފާވާ ގޮތަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމެވެ.

މި މައްސަލަތަކާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެހެން ހޮސްޕިޓަލުގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އޮޑިޓަރ ޖެނެރަލް އިލްތިމާސްކުރެއްވިއެވެ. އަދި ހޮސްޕިޓަލުގެ ހަރަދުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް އިދާރީ ގޮތުން ފިޔަވަޅުތައް އަޅަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއޮޑިޓާ ޖެނެރަލްގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 03:04

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

12 ދުވަސް ކުރިން - 17:23

ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

22 ދުވަސް ކުރިން - 05:03

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

28 ދުވަސް ކުރިން - 11:50

ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

46 ދުވަސް ކުރިން - 14:20

އިހުތިސާސާގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

އިހުތިސާސާގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

54 ދުވަސް ކުރިން - 12:34