މައްސަލަ ފާހަގަވެފަވަނީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކުން. ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގެނެސްފައިވަނީ މާކެޓު އަގަށްވުރެ 2.08 މިލިއަން ރުފިޔާ އަގުބޮޑުކޮށް. ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މާލީ ނިޒާމު ހަރުދަނާކުރުމަށް އިލްތިމާސްކޮށްފި
15 ގަޑިއިރު ކުރިން - 13:24
ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް (21އ). އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއް. ހާދިސާ ހިނގީ ޝޮޕިންގމޯލަކަށް ގޮސް، އެނބުރި ގެއަށް ދިޔަ މަގުމަތީގަ.
2 ދުވަސް ކުރިން - 03:04
އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކޮށް، އަދި މި މަޝްރޫއުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި.
12 ދުވަސް ކުރިން - 17:23
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެ، ބައެއް އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ވަނީ ފޯރުކޮށްދީފަ.
22 ދުވަސް ކުރިން - 05:03
ތިން ފަންގިފިލާގެ މި އިމާރާތަކީ 40 ފުލުހުންގެ ޖާގައާއި، އޮފީސް ބައިތަކާއި، ކޮންފަރެންސް ރޫމް އަދި މުހިންމު ހިދުމަތްތައް ހިމެނޭ ތަނެއް. މީގެ ސަބަބުން ދެކުނު ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާޙައުލު ރަނގަޅުވެގެންދާނެ.
28 ދުވަސް ކުރިން - 11:50
ގިނަ އަދަދެއްގެ ޒުވާން ފެތުންތެރިން ބައިވެރިވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަތަކަށް އައި ފަރާތްތަކަށް މެޑަލް އަދި ތަށި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރ އަހްމަދު ނަރީޝް. ސަރުކާރުން ފާހަގަކުރި ގޮތުގައި މިފަދަ މުބާރާތްތަކަކީ ޤައުމީ ފެންވަރުގެ ހުނަރުވެރި އެތުލީޓުން އުފެއްދުމަށް މުހިންމު ވަސީލަތެއް.
46 ދުވަސް ކުރިން - 14:20
އައްޑޫ ރައްޔިތުން އެންމެ އެދިއެދި ތިބި ކަމަކީ ތަރައްގީ ގެނައުން. ބުރިޖު. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އުޅެނީ ބުރިޖު އަޅަން ބޭނުންވާ ރޫޓު ނުދޭންވެގެން. އެހެންކަމުން ކައުންސިލް އިހުތުސާސުން އެ ސަރަހައްދު އުނިކޮށްގެން އެކަން ކުރެވެން އޮތީ. ވީމާ މިއި ކޮންމެހެންވެސް މިކަމަށް ތާއީދުކުރަންޖެހޭ ސަބަބު.
54 ދުވަސް ކުރިން - 12:34
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ.
75 ދުވަސް ކުރިން - 10:08
މި ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށް، އޭގެ މަންފާ މުޅި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުންކަމަށް ރައީސް އޮފީހުން ހާމަކުރި.
82 ދުވަސް ކުރިން - 19:57
އެއާޕޯޓް ލައިޓް ކައިރިން އެމްޓީސީސީ ބަހަކާއި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓު ވެފައިވޭ. އައްޑޫ ސިޓީގެ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި. މި އެކްސިޑެންޓްގެ ހަބަރު ލިބިގެން، ހޮސްޕިޓަލަށް ދިޔަ އަންހެނަކު ދުއްވި ވޭނެއް ކޮންޓްރޯލް ނުވެ، އިތުރު އެކްސިޑެންޓެއް ވަނީ ހިނގާފަ.
128 ދުވަސް ކުރިން - 01:55
މިއީ މާލެ ސިޓީން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ. މި މަސްފިހާރަ ހުންނާނީ ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން، ލިންކް ރޯޑަށް ވާގޮތަށް.
134 ދުވަސް ކުރިން - 00:42
މި އިންތިހާބުގައި އައްޑޫ ސިޓީގައި 5 ވޯޓު ފޮށި ބަހައްޓާއިރު މާލޭގައި 2 ވޯޓު ފޮށި ބަހައްޓާނެ. ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހު 6 ގައި.
134 ދުވަސް ކުރިން - 14:14
67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، މިހާރު ހުރި ދުވާރުތައް ކޮނެ ނަގައި، ފެންހިންދާ ނިޒާމު ވެސް ޤާއިމުކުރާނެ.
134 ދުވަސް ކުރިން - 10:11