Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
96 ދުވަސް ކުރިން - 26 މެއި 2026 00:42
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް---
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް---
ޚުލާސާ

މިއީ މާލެ ސިޓީން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ. މި މަސްފިހާރަ ހުންނާނީ ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން، ލިންކް ރޯޑަށް ވާގޮތަށް.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީގައި މަސްފިހާރައެއް ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ. މި ފިހާރައަކީ މާލެ ސަރަހައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ އެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ، އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަނަސް އިތުރަށް ވިދާޅުވީ، މި ފިހާރައާއެކު ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި، މެދުނުކެނޑި ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި މިފްކޯގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، މަސްވެރިކަން ކުރިއެރުވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން، ލިންކް ރޯޑަށް ވާގޮތަށް ހުޅުވި މި ފިހާރައިން މިރެއިން ފެށިގެން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އާންމުންނަށް ލިބެން ހުންނާނެ އެވެ.

މުހައްމަދު އަނަސް (މިފްކޯ ސީއީއޯ)މިފްކޯމިނިސްޓަރު އަބްދުﷲ ރާފިއުއައްޑޫ ސިޓީސ. ހިތަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ޒޯން 9 ވަނަ ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

8 ދުވަސް ކުރިން - 14:20

އިހުތިސާސާ ގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

އިހުތިސާސާގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

16 ދުވަސް ކުރިން - 12:34

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

37 ދުވަސް ކުރިން - 10:08

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

44 ދުވަސް ކުރިން - 00:29

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

44 ދުވަސް ކުރިން - 19:57

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

46 ދުވަސް ކުރިން - 16:41