Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިހުތިސާސާ ގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

އިހުތިސާސާ ގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

ހުސައިން އިސްމާއިލް
9 ގަޑިއިރު ކުރިން - 13 އޯގަސްޓް 2026 12:34
ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރުގެ މުޝީރު އަހްމަދު ނަރީޝް.
ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރުގެ މުޝީރު އަހްމަދު ނަރީޝް.
ޚުލާސާ

އައްޑޫ ރައްޔިތުން އެންމެ އެދިއެދި ތިބި ކަމަކީ ތަރައްގީ ގެނައުން. ބުރިޖު. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އުޅެނީ ބުރިޖު އަޅަން ބޭނުންވާ ރޫޓު ނުދޭންވެގެން. އެހެންކަމުން ކައުންސިލް އިހުތުސާސުން އެ ސަރަހައްދު އުނިކޮށްގެން އެކަން ކުރެވެން އޮތީ. ވީމާ މިއި ކޮންމެހެންވެސް މިކަމަށް ތާއީދުކުރަންޖެހޭ ސަބަބު.

އައްޑޫ ސިޓީ ހުޅުމީދޫއާއި ހިތަދޫ ގުޅުވައިދޭ ބުރިޖު އެޅުމަށް ސަރުކާރުން ބޭނުންވި ރޫޓަށް ބަދަލުނުގެނައުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނުގެ އިސްލާހަށް ތާއީދުކުރަންޖެހޭ ސަބަބެއް ކަމަށް ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރުގެ މުޝީރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބިނާރާއި ގެދޮރާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން އެދުނު ގޮތަށް ބުރިޖުގެ ރޫޓު ބަދަލުކޮށްނުދޭން ކައުންސިލުން ފާސްކުރި ކަމަށެވެ. އަދި އެ ނިންމުމަށްފަހު، ބުރިޖު އެޅުމަކީ ހުޅުދޫމީދޫގެ 60 އިންސައްތަ ރައްޔިތުން ބޭނުންނުވާ ކަމެއްގެ ގޮތުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ސިފަކުރެއްވިކަން ފާހަގަކުރައްވައި، ނަރީޝް ވިދާޅުވީ ރައްޔިތުން އެންމެ އެދިއެދި ތިބި ކަންތައް ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރީ އެތަނުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލެއް އޮތުމުން ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ނަރީޝް އިތުރަށް ވިދާޅުވީ، ގައުމީ ފެންވަރުގެ މުހިއްމު ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ކައުންސިލުތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިފަދަ ހުރަސްތަކާ ހުރެ ކޮންމެހެން ބޭނުންތެރި ބިލެއް ކަމަށެވެ. މީގެ އިތުރު މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ގއ. ކޮލަމާފުށީގައި ފުލުސް ސްޓޭޝަނެއް އަޅަން ބޭނުންވާ ބިން ކައުންސިލުން އަދިވެސް ހަމަޖައްސައިނުދީ އޮތް އޮތުމެވެ. ގާނޫނު ބުނާގޮތުން ކައުންސިލްތަކުން ބިން ބޭނުންކުރާ ގޮތުގެ ޕްލޭން އެކުލަވައިލަންޖެހެނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކަމުގައިވީ ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން އެ ޕްލޭނަށް ބަލައިލުމެއް ނެތި، ސަރުކާރުގެ މަޝްރޫއުތަކަށް ޖެއްސުންކޮށް ހުއްޓުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

Advertisement

Advertisement 1

މި ސަގާފަތާ މުޅިން ޚިލާފަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އޭރުގެ އެމްޑީޕީ ސަރުކާރުން އެދުނު އެއްވެސް ކަމަކަށް ހުރަސްއަޅާފައި ނުވާނެކަން، އޭރު މާލޭގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ނަރީޝް ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި މަޝްރޫއުތަކަށް އިދިކޮޅު ކައުންސިލްތަކުން ހުރަސްއެޅުމުން އޭގެ ހުރިހާ ތަކުލީފެއް އުފުލަންޖެހެނީ ސީދާ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު މަޖިލީހުގައި އޮތް އިސްލާހަކީ ސިޔާސީ ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ހަލުއިކަމާއެކު ތަރައްގީ ގެނެސްދިނުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މުހިއްމު ބަދަލެއް ކަމަށް ވިދާޅުވެ ނަރީޝް ވަނީ އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ.

އައްޑޫ ސިޓީއަހްމަދު ނަރީޝްލާމަރުކަޒީ ގާނޫނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

21 ދުވަސް ކުރިން - 10:08

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

28 ދުވަސް ކުރިން - 19:57

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

73 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

79 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

80 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

80 ދުވަސް ކުރިން - 10:11