Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެކުނަށް ކުރަމުންދާ ބާރުގަދަ ވިއްސާރައިގައި އައްޑޫ ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދެކުނަށް ކުރަމުންދާ ބާރުގަދަ ވިއްސާރައިގައި އައްޑޫ ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 14 ސެޕްޓެންބަރު 2026 05:03
ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފަ / ފޮޓޯ: އެންޑީއެމްއޭ
ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފަ / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެ، ބައެއް އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ވަނީ ފޯރުކޮށްދީފަ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެންމެ ނުރައްކާތެރި ހާލަތެއް އުފެދިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓު އޮފީސް) މުޅި ރާއްޖެއަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ގއ. އާއި ގދ. އަދި ދެކުނުގެ ސިޓީތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ފެންބޮޑުވެގެން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކުރައްވާފައެވެ. ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާއިރު، މިއަދުގެ މިހާތަނަށް އެކަނިވެސް 9 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފަވާކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. މީގެ ތެރެއިން 01 ގެއެއްގައި ދިރިނޫޅެވޭވަރަށް ފެންބޮޑުވެ، ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅުމުގެ ސަބަބުން އެގޭގައި ދިރިއުޅޭ 8 މީހުންގެ އާއިލާއަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް 3 ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން ކައްކައި ކައިބޮއި ހެދުމަށް ދަތިވި އެހެން 3 ގެއަކަށްވެސް 3 ދުވަހުގެ ކެއިންބުއިން ހަމަޖައްސައިދީފައިވާއިރު، ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

Advertisement

Advertisement 1

ފޭދޫގެ އިތުރުން ޏ. ފުވައްމުލަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާކަމަށް ވަނީ އެނގިފައެވެ. މި ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށުގެ ފެނަކަ އޮފީހާއި، ކައުންސިލް އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުންފުވައްމުލައް ސިޓީއައްޑޫ ސިޓީވިއްސާރަފެން ބޮޑުވުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

21 ގަޑިއިރު ކުރިން - 12:14

ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

2 ދުވަސް ކުރިން - 13:47

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މެޓުން ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

3 ދުވަސް ކުރިން - 14:23

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

5 ދުވަސް ކުރިން - 11:50

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

11 ދުވަސް ކުރިން - 12:47

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

14 ދުވަސް ކުރިން - 08:59