ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ މިމަހުގެ 21 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގައި އިމާމުންގެ ދައުރާއި އިސްލާމީ އުންމަތް ބިނާކުިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިސްލާމް ދީނުގައި މިސްކިތްތަކަކީ ދީނީ އުންމަތެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. މިކަންކަން އިމާމުންނަށް އެނގެންޖެހޭތީވެ، މިކަމާ ބެހޭގޮތުން މަހާސިންތާގައި މަޢުލޫމާތު ދެވޭނެ." ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި މަހާސިންތާގައި އޮންލައިންކޮށާއި ހާޒިރުވެގެން 388 އިމާމުިމާމުން ބައިވެރިވާނެއެވެ.
އިމާމުން ބިނާކޮށް އެމީހުން ތަމްރީންކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާތަނަށް 60 އިމާމުން ތަމްރީން ކޮށްފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އިމާމުން ބޭރަށް ފޮނުވައިގެން ތަމްރީން ކުރުމެވެ.
މީގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން ޢަރަބި ބަސް ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް އިމާމުންނަށް އަމާޒުކޮށްގެން ދަނީ ހިންގަމުން ދާކަމަށް ވަޡީރު ވިދާޅުވެފަިވެއެވެ.









