މި އިސްލާޙުގެ ދަށުން، ޤާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުން ނެތިގެން، ރަޖިސްޓްރާ އަންގާތާ 10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވޭ.
753 ދުވަސް ކުރިން - 19:54
ޒަކިއްޔާގެ ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތަކާއި ތަހުލީލުތައް ކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށްފަހު، އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތްކަމަށް ތަހުގީގަށް ނުފެންނާތީ ޒަކިއްޔާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީ ނުހެދީ ކަމަށް ފުލުހުން ބުނެފައިވޭ
753 ދުވަސް ކުރިން - 19:49
ފަގީރުންގެ ތެރޭގައި ބޯންމެރޯ ހެދުމަށް ބޭނުންޖެހިފައިވާ އެކިއެކި ފަރާތްތައް ތިބިއިރު، ލޭ އަޅާ ކުދިންގެ މައިބަފައިން ދަތިހާލުގައި އުޅޭ ކަމަށްވެސް ފާހަގަކުރެއްވޭ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވޭ. އެހެންކަމުން، ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ޚަރަދުކުރުމަށް ހެލްތު މިނިސްޓްރީއަށް 10 މިލިއަން ރުފިޔާ ހަވާލުކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވޭ.
753 ދުވަސް ކުރިން - 18:02
ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށާއި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުންކަމަށް. މި ޕްރޮގްރާމްގެ ދަށުން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯދާފައިވާއިރު 20 އިމާމުން ވަނީ އިތުރު ތަމްރީނަށް ބުރޫނާޢީއަށް ދަތުރުކޮށްފައި.
753 ދުވަސް ކުރިން - 17:57
ވަޒީރު ޝަހީމް ވިދާޅުވީ، ބައިނަލްއަޤުވާމީ އެކިއެކި މެޙެފިލްތަކާއި ބައްދަލުވުންތަކުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް އަދި ކެބިނެޓުގެ މެމްބަރުން އަޑުއުފުއްލަވަމުން ގެންދަވާކަމަށާއި، ދެކުނު އެފްރިކާއިން ހުށައެޅުއްވި މައްސަލައަށް އެންމެ ފުރަތަމަ ތަދައްޚުލުވި ޤައުމަކަށް ރާއްޖެ ވެގެންދިއުމުންވެސް މިކަން ސާބިތުވާކަމަށް.
753 ދުވަސް ކުރިން - 17:54
ހީނާ ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް، އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަމަށް ދެކޮޅު ހެދިކަމަށް. ރަސްމާލެ މަޝްރޫޢަކީ ރައީސްގެ ބޮޑު ވަޢުދަކަށް ވާއިރު، ތާރީޚަށް ބަދަލު އައިނަމަވެސް، ވަރަށް ކާމިޔާބު މަޝްރޫޢުއެއްގެ ގޮތުގައި މަޝްރޫޢު ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވި.
753 ދުވަސް ކުރިން - 17:43
މިއީ މިއަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފުލުހުން ވަނީ ބުނެފައި.
753 ދުވަސް ކުރިން - 17:37
މި މައްސަލައައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސެއިން ވަނީ ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ގޭގެ ފްރިޖުން ނެގި ސާމްޕަލްތަކެއް ވަނީ ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި. އެމްއެފްޑީއޭއިން ބުނީ ރާއްޖެއިން ބޭރަށް ފޮނުވި ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި، ނަތީޖާ ލިބޭނެ ވަކި އިރެއް ވެސް ނޭނގޭ ކަމަށް. އެ ސާމްޕަލް ތަހުލީލު ކުރަން ފޮނުވި ގައުމުގެ މައުލޫމާތު ވެސް އަދި ހާމަކޮށްފައެއް ނުވޭ.
753 ދުވަސް ކުރިން - 17:35
މި ބައްދަލުވުމުގައި ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވަނީ ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖް މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައި. މި ބައްދަލުވުމުގައި މި މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައި.
753 ދުވަސް ކުރިން - 17:30
ކޯވިޑުގެ ދުވަސްވަރު ފީފާއިން ދިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ބައްސާމް ހުޅުމާލޭ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލާގައި އޭނާއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވޭ
753 ދުވަސް ކުރިން - 16:52
އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ލިޔެފައިވަނީ "ކޮންސިސްޓެންޓް ވިތް ޑެތް ޑިއު ޓު ހޭންގިން" ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވި
753 ދުވަސް ކުރިން - 16:42
މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ބޭފުޅުން ކަމަށާއި އަދި ޕީޖީގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބާރެއް ނޯންނާނެ ކަމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވޭ.
753 ދުވަސް ކުރިން - 16:25