Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލެސީމިއާ ކުދިންނަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ކުދިންނަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ ދީފި

އައިޝަތު ރުވާ ރިފްޢަތު
666 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 18:02
ތެލެސީމިއާ ސެންޓަރު / ފޮޓޯ: ޕީއެސްއެމް
ތެލެސީމިއާ ސެންޓަރު / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ފަގީރުންގެ ތެރޭގައި ބޯންމެރޯ ހެދުމަށް ބޭނުންޖެހިފައިވާ އެކިއެކި ފަރާތްތައް ތިބިއިރު، ލޭ އަޅާ ކުދިންގެ މައިބަފައިން ދަތިހާލުގައި އުޅޭ ކަމަށްވެސް ފާހަގަކުރެއްވޭ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވޭ. އެހެންކަމުން، ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ޚަރަދުކުރުމަށް ހެލްތު މިނިސްޓްރީއަށް 10 މިލިއަން ރުފިޔާ ހަވާލުކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވޭ.

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން ފަގީރު ހާލުގައިވާ ތެލެސީމިއާ ކުދިންނަށް ޚަރަދުކުރުމަށް 10 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއަށް ދީފިއެވެ.

މިކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ފަގީރުންގެ ތެރޭގައި ބޯންމެރޯ ހެދުމަށް ބޭނުންޖެހިފައިވާ އެކިއެކި ފަރާތްތައް ތިބި އިރު، ލޭ އަޅާ ކުދިންގެ މައިބަފައިން ދަތިހާލުގައި އުޅޭ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ޒަކާތު ފަންޑަކީ ހަމައެކަނި ކޭޝް ފައިސާ ބަހަން ބޭނުންކުރާ އެއްޗަކަށްވުރެ ބޮޑަށް ފަގީރު މީހާއަށް ދިމާވާ ދަތިތަކަށް ޙައްްލު ހޯދާ އޭނާއަށް އުފާވެރިކަން ގެނެސްދިނުމަކީ ވެސް ފަންޑުގެ މަޤްސަދެއް." މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި އަހަރު ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ޚަރަދުކުރުމަށް ހެލްތު މިނިސްޓްރީއަށް 10 މިލިއަން ރުފިޔާ ޙަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަކާތު ކާތު ހައުސްގެ ފަރާތުން އެއް ލައްކަ ޑޮލަރު ހަދިޔާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ގަތަރުގެ ރެޑް ކްރޮސެންޓާއިއެކު އެއްބަސްވުމެއް އެކުލަވާލައިގެން އޭޖީ އޮފީހުގެ ލަފަޔާއެކުގައެވެ.

ޒަކާތު ފަންޑުން ވަރަށް ގިނަ ފަރާތްތަކުގެ ބޭސްފަރުވާއަށާއި ތައުލީމު ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން މިދިޔަ މަހުގައި ވެސް އެ ފަންޑުން ބޭނުންޖެހިފައިވާ އެކި ފަރާތްތަކަށް އެހީގެ ގޮތުގައި 733،436.60 ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި އެހީތެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލުުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުޒަކާތު ފަންޑު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

5 ދުވަސް ކުރިން - 22:51

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

6 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

74 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

77 ދުވަސް ކުރިން - 18:00

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

79 ދުވަސް ކުރިން - 14:10