މި 9 މަޝްރޫއުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ދެ މިސްކިތް، ފޭސް 3 ގައި އެއް މިސްކިތް، މާލޭގައި ޒިކުރާ ވަގުތީ މިސްކިތް ހުރި ބިމުގައި ދާއިމީ މިސްކިތެއް، ބަރުބަރީ މިސްކިތް ހުރި ބިމުގައި ޖާގަ ތަނަވަސް މިސްކިތެއް، އަދި ރ. އަލިފުށި، ހއ. އިހަވަންދޫ، އައްޑޫ ސިޓީ ހުޅުދޫ އަދި ނޮޅިވަރަންފަރުގައި މިސްކިތްތައް ބިނާކުރުން ހިމެނޭ.
753 ދުވަސް ކުރިން - 15:00
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެނޭޖީރިއަލް ފެންވަރުގައި 10 އިންސައްތަ އަންހެނުން މަސައްކަތްކުރާއިރު، ފްރޮންޓްލައިންގައި 19 އިންސައްތަ އަންހެނުން ޚިދުމަތްކުރޭ. މީގެ އިތުރުން، ޓެކްނިކަލް އަދި ފޮރެންސިކް ދާއިރާގައި 16 އިންސައްތަ އަދި އިންވެސްޓިގޭޝަން ދާއިރާގައި 10 އިންސައްތަ އަންހެނުން މަސައްކަތްކުރާކަން ފާހަގަކުރެވޭ
753 ދުވަސް ކުރިން - 14:46
މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްގެ ދެވަނަ ބުރުގައި 169 ކުދިން ތަމްރީންކޮށްފައިވާ ކަމަށާއި އެއާއެކު މިހާތަނަށް ޖުމްލަ 234 ޒުވާން ހަތީބުން ތަމްރީންކުރެވިފައިވާ ކަމަށް ވިދާޅުވެފައިވޭ.
753 ދުވަސް ކުރިން - 14:45
މިއަދު މެންދުރުފަހުހުޅުމާލެ ފޭސް 2 ގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
753 ދުވަސް ކުރިން - 14:19
އިސްލާމީ މަރުކަޒުގައި ކުރިން ހުރި ލައިބްރަރީ ބަންދުކޮށް، ފޮތްތައް މިދިޔަ އަހަރު ގުދަނަށް ލާފައިވެއިވާ ކަމަށް އެހެންނަމަވެސް މިހާރު އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވޭ.
753 ދުވަސް ކުރިން - 14:15
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހައުސިން ޔުނިޓުތަކަކީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. ކޮންމެ ޔުނިޓެއްގައި 700 އަކަފޫޓުގެ ބިލްޑްއަޕް އޭރިއާއެއް ހިމެނޭ. މީގެ އިތުރުން، ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ އަދި އެހެނިހެން ވަސީލަތްތައް ހިމެނޭ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވޭ.
753 ދުވަސް ކުރިން - 13:54
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ނ، ރ، ފ، ދ، ތ އަދި ލ އަތޮޅުން ޖުމްލަ 272 އިމާމުން މިހާރު ވަނީ ތަމްރީންކޮށް ނިމިފައިވޭ. ޕްރޮގުރާމްގެ ދަށުން މިހާތަނަށް 429 އިމާމުން ތަމްރީންކޮށްފައިވޭ.
753 ދުވަސް ކުރިން - 13:51
މއ.ޒެނާޔާ އަލީ ޖައުފަރު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހަށް ބަންދު ކޮށްފައި. އަލީ ޖައުފަރު ބުނެފައިވަނީ މިދުވަސްކޮޅު މަސައްކަތެއް ނުލިބޭތީ ލާރީގެ ދަތިކަން ވަރަށް ބޮޑަށް ހުރި ކަމަށާއި، ކާނެ އެއްޗެއް ހޯދާނެ ފައިސާވެސް އޭނާގެ އަތުގައި ނެތް ކަމަށް، އެހެންކަމުން ފިހާރައިން ތަކެތި ވަގަށް ނެގީ ބަނޑުހައިވެގެން ކާނެ އެއްޗެއް ނުލިބިގެން ކަމަށްމަށް އޭނާ ބުނެފައިވޭ.
753 ދުވަސް ކުރިން - 13:50
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 22 ވަނަ ދުވަހު އެ ކޯޓު އާންމުކޮށް ހުޅުވާލަން ނިންމައިފި. މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި އާންމު ފަރާތްތަކަށް ކޯޓު ހުޅުވާލެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވޭ.
753 ދުވަސް ކުރިން - 13:32
މި ޕްލޭނަކީ ޒުވާނުންނަށް އުންމީދީ ޕްލޭނެއް. މި ޕްލޭނުގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޟިޔާއު ވިދާޅުވެަފައިވޭ. މި ފަންޑުން 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެހީ ދޭނެ ކަމަށް ބުނެފައިވޭ.
753 ދުވަސް ކުރިން - 13:29
މެޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވޭ.
753 ދުވަސް ކުރިން - 12:51
މި ޕްރޮގްރާމުގެ މައިގަނޑު މޑު މަޤްޞަދުތަކުގެ ތެރޭގައި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުމާއި، ބޭރުގެ ތަޖުރިބާކާރުންގެ އަރިހުން ދަސްކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަދި ދަރިވަރުންނަށް އުނގަންނައިދޭނެ އައު ގޮތްތައް ދަސްކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވޭ
753 ދުވަސް ކުރިން - 12:47