Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭން ޒުވާނުންނަށް ގެނެސްދެނީ އުންމީދު: ޟިޔާއު

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭން ޒުވާނުންނަށް ގެނެސްދެނީ އުންމީދު: ޟިޔާއު

އައިޝަތު ރުވާ ރިފްޢަތު
671 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 13:29
ބީސީސީގެ އެމްޑީ ޟިޔާއު
ބީސީސީގެ އެމްޑީ ޟިޔާއު
ޚުލާސާ

މި ޕްލޭނަކީ ޒުވާނުންނަށް އުންމީދީ ޕްލޭނެއް. މި ޕްލޭނުގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޟިޔާއު ވިދާޅުވެަފައިވޭ. މި ފަންޑުން 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެހީ ދޭނެ ކަމަށް ބުނެފައިވޭ.

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭނަކީ ޒުވާނުންނަށް އުންމީދީ ޕްލޭނެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ. ޟިޔާއު މިހެން ވިދާޅުވެފައިވަނީ ދިވެހިންގެ ފަންނުވެރި އިޤްތިޞާދުގެ ސްޓްރެޓެޖީއާއި ފަންޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭންއަކީ ގިނަ ޒަމާންތަކެއް ވަންދެން ހުނަރުވެރި ފަންނުވެރި ކްރިއޭޓިވް މަސައްކަތްތަކުގެ ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޚާއްސަކޮށް ޒުވާން މަސައްކަތްތެރިންނަށް އުންމީދުން ފުރިގެންވާ އެކްޝަން ޕްލޭންއަކަށް ވެގެންދާނެކަން ހަމަ ޔަޤީން. ކްރިއޭޓިވް އިކޮނޮމިކް ފަންޑު ވެގެންދާނީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވޭ މުހިންމު ފުރުސަތަކަށް." ޟިޔާއު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު އިފްތިތާހުކުރެއްވި މި ޕްލޭނާއި ކްރިއޭޓިވް އިކޮނޮމީ ފަންޑުގައި ރައީސުލްޖުމްހޫރިއްޔާގެ 78 ވަޢުދެއް ހިމެނޭކަމަށް ޟިޔާއު ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ކްރިއޭޓިވް އިކޮނޮމީ ފަންޑާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޟިޔާއު ވިދާޅުވީ، މި ފަންޑުން 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެހީ ދޭނެ ކަމަށެވެ. މީގެ އިތުރުން، ފަންޑުން ފިލްމް، މިއުޒިކް، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށް އެހީތެރިވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

"މި ޕްލޭނަކީ ޒުވާނުންނަށް އުންމީދީ ޕްލޭނެއް. މި ޕްލޭނުގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ," ޟިޔާއު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އާޓިސްޓުން ބައިވެރިވެ ވަޑައިގަތެވެ. ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭނާއި ފަންޑުގެ ސަބަބުން ރާއްޖޭގެ ފަންނުވެރި އިޤްތިޞާދަށް އައު ހިތްވަރެއް ލިބި، ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޟިޔާއު ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓުރޭޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 20:34

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

"ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

164 ދުވަސް ކުރިން - 18:57

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

224 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

423 ދުވަސް ކުރިން - 19:08

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

452 ދުވަސް ކުރިން - 08:05

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ގާއިމުކުރަނީ

542 ދުވަސް ކުރިން - 14:24