Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

މުހައްމަދު ޖަމްޝަތު
255 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 18:57
'ކްރިއޭޓާ ހަބް' ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ބީސީސީ
'ކްރިއޭޓާ ހަބް' ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ބީސީސީ
ޚުލާސާ

މިއީ 1،500 އަކަފޫޓުގެ ޖާގައެއްގައި ހަދާ އިމާރާތެއް. އިމާރާތް ހުންނަނީ ޗާންދަނީ މަގު 23 ނަންބަރު ޕްލޮޓުގައި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މާލޭގައި އިމާރާތް ކުރަމުންދާ 'ކްރިއޭޓާ ހަބް' ގެ މަސައްކަތްތައް ނިންމައި، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ އިމާރާތް ހުޅުވުމަށް ނިންމައިފި އެވެ.

މިއީ ރާއްޖޭގައި ފަންނުވެރި އިގުތިސާދެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކްރިއޭޓާ ހަބަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Advertisement

Advertisement 1

"މި އިމާރާތުގެ އަށް ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރު ނޮވެމްބަރު މަހުގެ 11 ގައި ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.

11 ފަންގިފިލާއަށް އިމާރާތްކުރާ މި މަރުކަޒުގައި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ހާއްސަ މަސައްކަތު ޖާގަތަކެއް ގާއިމުކުރެވޭނެ އެވެ. މީގެ އިތުރުން ބީސީސީން ކުދި ވިޔަފާރިތަކަށް ދޭ އެންމެހާ ހިދުމަތްތަކާއި، ކޮންސަލްޓަންސީ އަދި އޮތެންޓިކް މޯލްޑިވްސްގެ މާލޭ ފިހާރަޗވެސް މި އިމާރާތަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަޗއެވެ. މިއާއެކު މި ތަން ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަރުކަޒަކަށެވެ.

ބީސީސީން ހާމަކުރި ގޮތުގައި، މި ހަބްގައި ގާއިމުކުރާ ވަސީލަތްތަކަކީ ފަންނުވެރިންނަށް އެންމެ ބޭނުންތެރި ވަސީލަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ތަފާތު ފޯރަމްތައް ދަނީ ބާއްވަމުންނެވެ. މިއީ ފަންނުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ޗާންދަނީ މަގުގެ 23 ނަންބަރު ޕްލޮޓުގައި 1،500 އަކަފޫޓުގެ ޖާގައެއްގައި އިމާރާތްކުރާ މި އިމާރާތުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި މަޝްރޫއަކީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ މުހިންމު އިގުތިސާދީ މަސައްކަތެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ "މާކެޓް ޕްލޭސް"ގައި 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ "މާކެޓް ޕްލޭސް"ގައި 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ

2 ދުވަސް ކުރިން - 11:32

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަ ތާރީހުތައް ބީސީސީން އާންމުކޮށްފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަ ތާރީހުތައް ބީސީސީން އާންމުކޮށްފި

22 ދުވަސް ކުރިން - 16:22

ޕެންޝަން އޮފީހާއި ބީސީސީ ގުޅިގެން އަމިއްލަ ވިޔަފާރިވެރިންނަށް ޚާއްޞަ ސެޝަނެއް ބާއްވައިފި

32 ދުވަސް ކުރިން - 11:22

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

96 ދުވަސް ކުރިން - 20:34

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

315 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

514 ދުވަސް ކުރިން - 19:08