ޕީޖީ އައްބާސްއަށް ރައީސްގެ އެއްވެސް ނުފޫޒެއް ނޯންނާނެ: ސަރުކާރު

އައިޝަތު ރުވާ ރިފްޢަތު | 398 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 16:25
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ބޭފުޅުން ކަމަށާއި އަދި ޕީޖީގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބާރެއް ނޯންނާނެ ކަމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވޭ.

އައު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ބޭފުޅުން ކަމަށެވެ. އަދި ޕީޖީގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބާރެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އައްބާސްއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ބޭފުޅެއް. އިރާދަކުރެއްވިއްޔާ ޕީޖީގެ މަޤާމުގައި އެމަނިކުފާނަށް، އެމަނިކުފާނުގެ ރޯލް މިނިވަންކަމާއެކު އަދި ޕްރޮފެޝަނަލީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ހީނާ ވިދާޅުވިއެވެ.

އައްބާސް ޝަރީފަކީ މީގެ ކުރިން ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވިންނެވި ބޭފުޅެކެވެ. އޭނާގެ ނަން ޕީޖީގެ މަޤާމަށް ރައީސް މުޢިއްޒު ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއަކަށެވެ. ޖުޑިޝަރީ ކޮމިޓީންިޓީން އައްބާސްގެ ނަން ދިރާސާކޮށް ފާސްކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

މަޖިލީހުން އައްބާސް ޕީޖީއަކަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި 86 މެންބަރުންގެ ތެރެއިން 85 މެންބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި އެމްޑީޕީގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%