Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓީއޯ އަމާޒުކުރަނީ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގ ޚިދުމަތް ދިނުމަށް: ޝިމާދު

އެސްޓީއޯ އަމާޒުކުރަނީ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގ ޚިދުމަތް ދިނުމަށް: ޝިމާދު

އައިޝަތު ރުވާ ރިފްޢަތު
720 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2024 20:17
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް / ފޮޓޯ: ޚުލާސާ
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް / ފޮޓޯ: ޚުލާސާ
ޚުލާސާ

ޝިމާދު ވިދާޅުވީ، ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ ބޯޓުފަހަރަށް ހިދުމަތް ދިނުން. ބޮޑެތި ފައިދާ ލިބޭނެ ބޯޓުފަހަރުތަކަށް ޓާގެޓްކޮށް އެ ބޯޓުތަކަށް ހިދުމަތް ދިނުން. ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކޮންމެ ބޯޓަކަށް ހިދުމތް ދިނުމެއް ނޫން

އެސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޓޯލްއާ ގުޅިގެން ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތުގައި އަމާޒުކުރަނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ޚިދުމަތް ދިނުމަށްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ މިއަދު ހއ. ހޯރަފުށީގައި ބޭއްވުނު، އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް، މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން. ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައިވާ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެއްވުމުގެ މަސައްކަތްޕުޅުގެ ދަށުންކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ވިޓޯލް ކުންފުންޏާއެކު ހަ މަސް ދުވަހުގެ ތެރޭގައި މި ޚިދުމަތް ފެށިފައިވާކަމަށާއި، ފުރަތަމަ ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިމާދު ވާހަކަ ދައްކަވަނީ / ފޮޓޯ: ޚުލާސާ

ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި، ވިޓޯލުން މި ޚިދުމަތް މާކެޓްކެޓް ކުރަން ފެށުމާއެކު ގިނަ ފަރާތްތަކުން ޚިދުމަތަށް އެދެމުންދެއެވެ. އެހެންނަމަވެސް، އެސްޓީއޯގެ އަމާޒަކީ ހަމައެކަނި ފައިދާ ބޮޑު އުޅަނދުތަކަށް ޚިދުމަތް ދިނުމެވެ.

މުސްތަގުބަލުގައި މި ޚިދުމަތް ތަރައްގީކުރުމަށް ބިން ހިއްކައި، ރަނގަޅު ފިޔުލް ފާމްތަކަކާއި ޒަމާނީ ފެންވަރުގެ ޕޯޓެއް ގާއިމްކުރާނެކަމަށްވެސް ޝިމާދު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު އިތުރަށް ސިންދަފާތު ކުރުމުގެ ގޮތުން އަންނަ އަހަރު ޗައިނާގެ ލޯނު އެހީގެ ދަށުން "އެގްރިކަލްޗަރ އިކޮނޮމިކް ޒޯން" ގެ ނަމުގައި މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ އުތުރު ސަރަހައްދުގައި އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދި، އެ ސަރަހައްދުގެ އިގްތިސާްތިސާދަށް ފައިދާވާނެކަމަށް އުއްމީދު ކުރެވޭކަމަށާއި އަދި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ބޮޑެތި އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ލިބި، ރާއްޖޭގެ ބަނދަރުތަކަށް އިތުރު އާމްދަނީ ލިބޭނެކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

މި ޚިދުމޚިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަނުމުގެ އިތުރުން، ރާއްޖޭގެ ބަނދަރުތަކުގެ ޚިދުމަތްތައް ތަރައްގީވެ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވާނެކަމަށް ވެސް އެބޭފުޅުން ލަފާކުރެވެއެވެ.

އެސްޓީއޯބަންކަރިންޝިމާދު އިބްރާހިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

13 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

20 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

29 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

89 ދުވަސް ކުރިން - 13:57