Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ރާއްޖެއާއި ދުނިޔެ ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން: ޒަމީރު

ރާއްޖެއާއި ދުނިޔެ ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން: ޒަމީރު

ޒަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދަށް މުހިންމުވާ ކަމެއް ނޫން ކަމަށް. އޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ފާހަގަކުރެއްވި.

743 ދުވަސް ކުރިން - 14:04

މޫސުމީ މައްސަލަ ތަކުގައި ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

މޫސުމީ މައްސަލަ ތަކުގައި ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މޫސުމަށް އެޑެޕްޓޭޝަން ފައިނޭންސިންގައި ދުނިޔޭގެ އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވައި (ސިޑްސް) އަށް އެހީތެރިވުމަށް މޫސުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި އިސްލާހުތަކެއް ގެނައުމަށް ގޮވާލައްވާފަ.

744 ދުވަސް ކުރިން - 08:19

ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އާމްދަނީގެ ދޮރުތައް ފުޅާކުރުމަށް ރޭވިފައިވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި. މިގޮތުން، ރައްޔިތުންގެ މަޖިލީހުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ފާސްކުރުމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފެށުން ހިމެނޭ ކަމަށް ރައީސް ފާހަގަ ކުރެއްވި

744 ދުވަސް ކުރިން - 00:43

ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެ، އެކަމަށް މިތިބީ ސަމާލުވެގެން: ރައީސް

ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެ، އެކަމަށް މިތިބީ ސަމާލުވެގެން: ރައީސް

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއްކަމަށް. އެގޮތުން ބައިނަލްއަޤްވާމީ ބަލްކް ކާގޯގެ 3 ބައި ކުޅަ އެއްބަޔާއި، ދުނިޔެއަށް ބޭނުންވާ ތެލުގެ ދެބައި ކުޅަ އެއްބައި އެކި ތަންތަނަށް ފޯރުކޮށްދެނީ އިންޑިއާ ކަނޑު ހުރަސްކޮށްކަމަށް ރައީސް ފާހަގަކުރެއްވި.

744 ދުވަސް ކުރިން - 00:36

ސްކޭމްގައި މިހާތަނަށް 13 މިލިޔަން ރުފިޔާ ގެއްލުނު، ހޯދުނީ 2.2 މިލިޔަން ރުފިޔާ: ފުލުހުން

ސްކޭމްގައި މިހާތަނަށް 13 މިލިޔަން ރުފިޔާ ގެއްލުނު، ހޯދުނީ 2.2 މިލިޔަން ރުފިޔާ: ފުލުހުން

ސްކޭމްތަކާއި ދެކޮޅަށް ފުލުހުން ސްކޭމް ސެންތަރެއް އުފައްދައި މަސައްކަތް ކުރަމުންދާއިރު، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެނީ މެސެޖަކުން އަންނަ ލިންކުތަކަށް ނުފިތުމަށް. އަދި އެއްވެސް ފަރާތަކަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ތަކުރާރުކޮށް ކަމާއި ގުޅުން ހުރި އިދާރާތަކުން އިރުޝާދުދޭ.

744 ދުވަސް ކުރިން - 00:32

ރައީސަށް އިންޒާރުދިނުން ޕީއެންސީ، ޖޭޕީ އަދި ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

ރައީސަށް އިންޒާރުދިނުން ޕީއެންސީ، ޖޭޕީ އަދި ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މާލެ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މިހާރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ.

744 ދުވަސް ކުރިން - 00:26

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 16 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 16 ބިދޭސީން ހައްޔަރުކޮށްފި

އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހުޅުމާލޭ ފޭސް 1 ގައި ހުރި 6 ކެފޭ އަދި ހޮޓާ ވަނީ ބަލައިފާސްކޮށްފައި. މި ތަންތަނުން ފެނުނު ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

744 ދުވަސް ކުރިން - 23:20

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދެވޭނެކަމަށް މިފްކޯއިން ބުނެފި

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދެވޭނެކަމަށް މިފްކޯއިން ބުނެފި

ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަމުން މިފްކޯއިން ބުނީ ސަރުކާރުގެ އަމާޒަކީ މިހާތަނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރުން ކަމަށް.

744 ދުވަސް ކުރިން - 23:14

ކަނޑުދަތުރުފަތުރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކެމްޕޭނެއް ފަށަނީ

ކަނޑުދަތުރުފަތުރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކެމްޕޭނެއް ފަށަނީ

ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކުރެވެމުންދާ މި ޒަމާނުގައި، ކަނޑުދަތުރުފަތުރުގެ ދާއިރާގެ އެންމެހައި ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވަޒީރު އަމީން ހާމަކުރެއްވި.

744 ދުވަސް ކުރިން - 23:10

ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ 40 ފުރުސަތު ހުޅުވާލައިފި

ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ 40 ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕް ފުރުސަތުތަކަކީ ޖައިކާގެ "އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޯ ފުޑް ސެކިއުރިޓީ 2025" މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވާ ފުރުސަތުތަކެއް. މި ފުރުސަތުތަކުގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ދާއިރާގައި ތަޢުލީމީ އަދި ތަޖުރިބާކާރު މީހުންގެ އަދަދު އިތުރުކުރުން ކަމަށް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި އަދި ހުނަރުވެރިކަން ތަރައްޤީކުރުމުގެ ވުޒާރާއިން މައުލޫމާތު ދީފައިވޭ.

744 ދުވަސް ކުރިން - 21:30

ޗައިނާ ސަރުކާރަށް 50 ކައުންސިލް އިދާރާގެ ޕްރޮޕޯސަލް ފޮނުވައިފި

ޗައިނާ ސަރުކާރަށް 50 ކައުންސިލް އިދާރާގެ ޕްރޮޕޯސަލް ފޮނުވައިފި

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް، ޗައިނާ ސަރުކާރަށް 50 ކައުންސިލް އިމާރާތުގެ ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ކަމަށާއި، މި މަޝްރޫޢުގެ ރަސްމީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވި.

744 ދުވަސް ކުރިން - 20:10

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޚާއްސަ އޮޕަޜޭޝަނެއް ފަށަނީ

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޚާއްސަ އޮޕަޜޭޝަނެއް ފަށަނީ

ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި އޮކްޓޯބަރު އެކަކުން ފެށިގެން، ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނި. މި އޮޕަރޭޝަން ކުރިއަށްގެންދާނީ ޒޯންތަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.

744 ދުވަސް ކުރިން - 19:02

Previous12345Next