ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަޝްވަރާ ބައްދަލުވުން ބޭއްވީ ނިއު ޔޯކުގައި. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެހީތެރިކަން ހޯދުމާއި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު
742 ދުވަސް ކުރިން - 09:35
ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހާއި ގުޅިގެން، މަޢުލޫމާތު ހާމަކުރުމުގެ މުހިންމުކަމާއި އޭގެ ފައިދާތަކުގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރު އަލިއަޅުވާލި
742 ދުވަސް ކުރިން - 09:27
ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް.
742 ދުވަސް ކުރިން - 09:23
ވޭޕްކުރުން އިތުރުވަމުންދާއިރު، ޚާއްޞަކޮށް ސްކޫލް މާޙައުލުގައި މިކަމުގެ އަސަރު ފެންނަމުންދާކަން ފާހަގަކުރެވޭ. ތަޢުލީމީ ވުޒާރާއިން މިކަމާ ދެކޮޅަށް މަސައްކަތް ފަށައިފައިވާއިރު، ޑޮކްޓަރުންވެސް މިކަމުގެ ނުރައްކާތެރިކަން މި ފަހަކަށް އައިސް ފާހަގަކުރަމުންދޭ.
742 ދުވަސް ކުރިން - 09:23
ކުރިން އޮކްޓޯބަރު 19 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މި އިންތިހާބު، ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ޕީއެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވޭ. މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރުން ޕާޓީގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރާނެކަމަށް އެ ފާޓީން މައުލޫމާތު ދީފައިވޭ
743 ދުވަސް ކުރިން - 23:28
މި ތިން ބިދޭސީން ރާއްޖެ އެތެރެވާން އުޅެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް. އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ ވަކިވަކިން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދިފައިވޭ.
743 ދުވަސް ކުރިން - 22:43
މި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮނޑޭއަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ. މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވޭ.
743 ދުވަސް ކުރިން - 22:40
ރާއްޖޭގެ ވަފްދު އެ ހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާއިމެދު ގެންގުޅުއްވާ ހާއްސަ ސަމާލުކަމާއި، އެ ގައުމުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށާއި، ދިވެހި ވަފްދުގެ އިތުރުން ތުރުކީގެ ވަފުދާއި އެހެން ގިނަ ބަޔަކުވެސް ވަނީ އެތަނުން ނުކުމެފައި ކަމަށް ހީނާ ވިދާޅުވި.
743 ދުވަސް ކުރިން - 22:36
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙަތާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ ދެމެދު އޮންނަ މުހިންމު ގުޅުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސިންގ މެކޭނިޒަމްތަކެއް ޤާއިމްކޮށް އޮނިގަނޑެއް އެކުލަވާލުން ކަމަށް މިިނިސްޓްރީން މައުލޫމާތު ދިން.
743 ދުވަސް ކުރިން - 19:35
މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ކުރުމަށް ވަނީ ހަމަޖެހިފައި. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 10:15 އަށް އަދި މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދުގަ ކަމަށް ސްޓެލްކޯ ބުނެފައިވޭ
743 ދުވަސް ކުރިން - 19:32
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، ވަޒީރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެއް ކަން ފަތުރުވެރިކަމާބެހޭ ވަޒީރާއިން ހާމަކުރި. މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޒީރު ބައިވެރިވެވަޑައިގަނަވާއިރު، މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައި.
743 ދުވަސް ކުރިން - 19:30
މި އޮޕަރޭޝަނަކީ ރައީސްގެ ނިންމެވުންތައް އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނި
743 ދުވަސް ކުރިން - 19:00