ފިހާރައަކުން ތަކެތި ގަނެ ވަގު ސްލިޕް ފޮނުވި މައްސަލައެއްގައި ގއ. ކޮނޑޭއަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވެއެވެ.
ނަމަވެސް، ތުހުމަތުކުރެވޭ ފަރާތުން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި، އޭނާ ފިހާރައަށް ގޮސްފައިވަނީ އެހެން ބަޔަކާ އެކުގައި ކަމަށާއި، ވަގު ސްލިޕް ފޮނުވާފައިވަނީ އޭނާ ނޫން ކަމަށެވެ. އެހެންނަމަވެސް، ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ތަޙްޤީޤަށް ސީނަށް ދިޔަ ފުލުހުންނަށް އޭނާގެ ފޯނުން ވަގު ސްލިޕް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ކުރިންވެސް ހައްޔަރުކުރެވި ބަންދުކުރެވިފައިވާ ރެކޯޑެއް އޮތް ފަރާތެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.









