Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ދިވެހި ވަފުދު ޖަލްސާ ދޫކޮށްފި

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ދިވެހި ވަފުދު ޖަލްސާ ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
661 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2024 22:36
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ދިވެހި ވަފުދު ޖަލްސާ ދޫކޮށްފި
ޚުލާސާ

ރާއްޖޭގެ ވަފްދު އެ ހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާއިމެދު ގެންގުޅުއްވާ ހާއްސަ ސަމާލުކަމާއި، އެ ގައުމުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށާއި، ދިވެހި ވަފްދުގެ އިތުރުން ތުރުކީގެ ވަފުދާއި އެހެން ގިނަ ބަޔަކުވެސް ވަނީ އެތަނުން ނުކުމެފައި ކަމަށް ހީނާ ވިދާޅުވި.

އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ ތަގްރީރު ކުރައްވަން ފެށުމުން، އެހޯލުގައި ތިބި ދިވެހިރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާއިމެދު ގެންގުޅުއްވާ ހާއްސަ ސަމާލުކަމާއި، އެ ގައުމުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުންނެވެ. ދިވެހި ވަފްދުގެ އިތުރުން ތުރުކީގެ ވަފުދާއި އެހެން ގިނަ ބަޔަކުވެސް ވަނީ އެތަނުން ނުކުމެފައެވެ.

ރައީސް މުއިއްޒު ވަނީ ދާދި ފަހުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

Advertisement

Advertisement 1

ރައީސް މުއިއްޒަކީ ފަލަސްތީނުގެ މައްސަލައިގައި އެކި ޕްލެޓްފޯމްތަކުގައި އަޑުހަރުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އދ.ގެ ޕްލެނަރީ އޮފް ސަމިޓް އޮފް ދ ދަ ފިއުޗަރގައި ރައީސް ވަނީ ހިތްވަރާއެކު ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވަން ޖެހޭ ކަމަށާއި ފަލަސްތީނަކީ ވަކި ދައުލަތެއް ކަމަށް ނިންމަން ޖެހޭ ކޭ ކަމަށް ވިދާޅުވެފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމަކީ އަދުލު އިންސާފާއި ބައިނަލްއަގްވާމީ ނިޒާމަށް ފުރައްސާރަ ކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ޣައްޒާގެ ގެތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އިންސާނީ އެހީތެރިކަން ދޭ ތަންތަނަށް ތަކުރާރުކޮށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށާއި، ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން ޝަހީދު ކުރުން ތަކުރާރުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޣައްޒާގައި އެތައް ހާސް ބަޔަކު ޝަހީދު ކުރި ކުރުން ޕްރޮސެސް ކުރުމަށް މުޅި ދުނިޔެއަށް ދަތިވެފައިވާއިރު، މިހާރު އިސްރާއީލުން ލުބްނާނަށް ހަމަލާދީ އެތަނުގައި އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންދާ ކަމަށެވެ. އަދި އިސްރާއީލުން ނޫސްވެރިންނާއި ނޫސް އެޖެންސީތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ވާހަކަ ވެސް ރައީސް ހިއްސާ ކުރެއްވިއެވެ.

"ނިރުބަވެރި މި އަމަލުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ.ގެ ގަރާރުތަކާއި ހިލާފަށް ހިންގާ މި އަމަލުތަކަށް އިސްރާއީލުން ޖަވާބުދާރީވާން ޖެހޭ، އަދި އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅައި، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ޖެހޭ،" ރައީސް ވިދާޅުދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިސްރާއީލްމިނިސްޓަރު ހީނާ ވަލީދުއދ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ގަޑިއިރު ކުރިން - 18:38

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

7 ގަޑިއިރު ކުރިން - 13:45

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

7 ގަޑިއިރު ކުރިން - 13:44

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

2 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

2 ދުވަސް ކުރިން - 13:12

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01