މިފްކޯއިން މަސްވެރިންނަށް 17.3 މިލިއަން ރުފިޔާ ދޫކޮށްފި. މަހުގެ އަގަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތްކުރަމުންދާއިރު ކުންފުނީގެ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށް 2.5 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކެއް ރާވައި ފެލިވަރު މަރުކަޒު ފުޅާކުރުމުން މަސްވެރިންނަށް ކުރިޔަށް އޮތްތަނުގައި މާ ރަނގަޅުވާނެ
740 ދުވަސް ކުރިން - 09:18
ޕީއެސްއެމްގެ ޑޮލަރު ގަތުމާއި އާމްދަނީއާ ގުޅޭ މައްސަލަ އޭސީސީން ތަޙްޤީޤުކުރަމުންދޭ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކާގޮތުގައި 4.9 މިލިއަން ރުފިޔާ ގެއްލިފައިވޭ. މި ފައިސާ ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް. ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރޭ.
740 ދުވަސް ކުރިން - 09:00
އިމމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ 3 އަހަރުތެރޭ މިކަން ހައްލުކުރުމަކީ އަމާޒެއްކަމަށް. މާލޭގައި ކުރެވުނު އިންސްޕެކްޝަންތަކުން 95% މީހުން ހާޒިރުވެފައިވޭ. ބިދޭސީންނާއި އެމީހުން ގެންގުޅޭފަރާތްތައް ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރޭ. ރެގިއުލަރައިޒްވުމާއި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވިފައިވޭ.
740 ދުވަސް ކުރިން - 08:37
އިސްރާއީލުން ބުނީ އެމީހުން ހަމަލާ އަމާޒުކުރާނީ ސީރިއާ އާއި ލުބުނާނުގެ ބޯޑަރު ކައިރީގައި ހިޒްބުالله އިން ކޮންޓްރޯލްކުރާ ފެކްޓަރީތަކާއި ގުދަން ތަކަށް ކަމަށާއި އެ ތަންތަނުން ލުބުނާނަށް ހަތިޔާރު ބަދަލުކުރާ ކަމަށެ
742 ދުވަސް ކުރިން - 03:38
ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދިއުމާއެކު، ބަލިމީހުންގެ ސިއްޙީ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މުހިންމުކަން ވަނީ އިތުރުވެފައި. ތަހުލީލުތަކުގެ ނަތީޖާތަކާއި ޑޮކްޓަރުންގެ ލިޔުންތައް ބަލިމީހުން އެންމެ ރައްކާތެރި ގޮތުގައި ބެހެލެހެއްޓުމަށްޓަކައި ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ "ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް" އެކުލަވާލުމުގެ މަސައްކަތް ފަށާފައި.
742 ދުވަސް ކުރިން - 15:51
2022 ވަނަ އަހަރުގެ މޭ މަހު ފުވައްމުލަކުގެ ޑައިވިންގ ޕޮއިންޓަކަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސައީދުގެ ނަމުގައި ދިން މި އެވޯޑާ ހަވާލުވީ އޭނާގެ އަންހެން ދަރިފުޅައް.
742 ދުވަސް ކުރިން - 15:47
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، އެމެރިކާގެ ނިއުޔޯކުން މިއަދު ފުރާވަޑައިގެންފި.
742 ދުވަސް ކުރިން - 15:16
ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ތަޤްރީރާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން.
742 ދުވަސް ކުރިން - 15:12
ސެޕްޓެންބަރު 3 އިން 25 އަށް ބޭއްވި މި ޕްރޮގްރާމުގައި ލަންދޫގެ 67 އަންހެނުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކުރި. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ރޭ ނ. ލަންދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި، އެންމެ ބޮޑަށް ބަރުދަން ލުއި ކުރި 3 މީހުންނަށް ސެޓިފިކެޓާއި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤް
742 ދުވަސް ކުރިން - 14:53
މިދިޔަ އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައިވަނީ 223 ރިސާޗަރުން. ކޮންފަރެންސް ރަސްމީކޮށް ފެށުމުގެ ކުރިން، ސެޕްޓެމްބަރު 26 އަދި 27 ވަނަ ދުވަހު ޕްރީ ކޮންފަރެންސް ވޯކްޝޮޕްތަކެއް ވަނީ ބާއްވާފަ. މި ވޯކްޝޮޕްތަކުގައި އެވްރެޖްކޮށް ކޮންމެ ވޯކްޝޮޕަކަށް 60 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އައިޔޫއެމްއިން ހާމަކޮށްފަ.
742 ދުވަސް ކުރިން - 12:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ދަތުރުފުޅުގައި ނިއުޔޯކުގައި ހުންނަ ގޫގުލް އޮފީހަށް ޒިޔާރަތްކުރައްވައި، ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޑޭޓާ ބޭނުންކުރުންފަދަ ދާއިރާތަކުގައި އެއްބާރުލުން ދިނުމާމެދު މަޝްވަރާކުރެވުނު.
742 ދުވަސް ކުރިން - 09:59
މި ބައްދަލުވުމުގައި މޫސުމީ މައްސަލަ ތަކުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އައު އެއްބާރުލުމުގެ ދާއިރާތައް ހޯދުމަށް މަޝްވަރާކުރެވުނު. ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމުގެ ދަޢުވަތު ދެއްވާފަ.
742 ދުވަސް ކުރިން - 09:56