Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލަންދޫގައި އެމްއެންޑީއެފުން ބޭއްވި މޫދު ކަސްރަތު ޕްރޮގްރާމް: 67 އަންހެނުންގެ ބަރުދަން ލުއިވެ، އެވޯޑު ދީފި

ލަންދޫގައި އެމްއެންޑީއެފުން ބޭއްވި މޫދު ކަސްރަތު ޕްރޮގްރާމް: 67 އަންހެނުންގެ ބަރުދަން ލުއިވެ، އެވޯޑު ދީފި

އައިޝަތު ރުވާ ރިފްޢަތު
621 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2024 14:53
ފޮޓީ: އެމްއެންޑީއެފް
ފޮޓީ: އެމްއެންޑީއެފް
ޚުލާސާ

ސެޕްޓެންބަރު 3 އިން 25 އަށް ބޭއްވި މި ޕްރޮގްރާމުގައި ލަންދޫގެ 67 އަންހެނުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކުރި. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ރޭ ނ. ލަންދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި، އެންމެ ބޮޑަށް ބަރުދަން ލުއި ކުރި 3 މީހުންނަށް ސެޓިފިކެޓާއި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤް

ނ. ލަންދޫގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނ. ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ހިންގި "މޫދުކަސްރަތުން އުފާވެރިކަން" ޕްރޮގްރާމުގައި އެންމެ ބޮޑަށް ބަރުދަން ލުއި ކުރި މީހުންނަށް އިއްޔެރޭ އެވޯޑު ދީފިއެވެ.

ސެޕްޓެންބަރު 3 އިން 25 އަށް ހިންގުނު މި ޕްރޮގްރާމުގައި ލަންދޫގެ 67 އަންހެނުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ރޭ ނ. ލަންދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި، އެންމެ ބޮޑަށް ބަރުދަން ލުއި ކުރި 3 މީހުންނަށް ސެޓިފިކެޓާއި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތާއި، ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެކުވެރި މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި ހިންގުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދުޅަހެޔޮ ޞިއްޙަތަކަށް ކަސްރަތުގެ މުހިންމުކަމާއި، ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމުގެ އިތުރުން އިޖުތިމާޢީ މުހިންމު ސިފަތަކާއި ބެހޭ މަޢުލޫމާތު ދެވުނެވެ.

Advertisement

Advertisement 1

ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރިއެވެ. އަދި އެޓެންޑެންސް އެވޯޑާއި، ބެސްޓް މޯޓިވޭޓަރ އެވޯޑް ހާސިލުކުރި ބައިވެރިންނަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ ނ. ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރަޢީސާ، ހައްވާ ސުޖާޖާއެވެ.

މި ޕްރޮގްރާމަކީ ލަންދޫ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ސިފައިންނާއި ރަށު ފެންވަރުގެ މުއައްސަސާތައް ގުޅިގެން ހިންގި ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެމްއެންޑީއެފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

3 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

6 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

8 ދުވަސް ކުރިން - 15:33

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

12 ދުވަސް ކުރިން - 17:51

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

13 ދުވަސް ކުރިން - 14:13

ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ކިހާދޫގައި އެމްއެންޑީއެފުން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

19 ދުވަސް ކުރިން - 22:28