Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް: އިމިގްރޭޝަން

ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް: އިމިގްރޭޝަން

އުސްތާޛް އަލީ އާދަމް
660 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2024 08:37
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ޚުލާސާ

އިމމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ 3 އަހަރުތެރޭ މިކަން ހައްލުކުރުމަކީ އަމާޒެއްކަމަށް. މާލޭގައި ކުރެވުނު އިންސްޕެކްޝަންތަކުން 95% މީހުން ހާޒިރުވެފައިވޭ. ބިދޭސީންނާއި އެމީހުން ގެންގުޅޭފަރާތްތައް ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރޭ. ރެގިއުލަރައިޒްވުމާއި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވިފައިވޭ.

ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އިންސްޕެކްޝަން ހުޅުމާލޭގައި ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށެވެ.

މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ގަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 ޕަސެންޓް މީހުން އިމިގްރޭޝަން އޮފީހަށް ހާޒިރުވެފައިވާކަން ޝަމްޢާން ފާހަގަކުރެއްވިއެވެ. އަދި އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވީސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވީސާ ރަނގަޅުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޝަމްޢާން ވިދާޅުވީ މި ކުރެވޭ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްތަކާއި އަދި ބިދޭސީ މަސައްކަތްތެރިން ވެސް ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ކުރިއަށް ގެންދެވޭ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ މި 3 އަހަރު ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން. މިހާރު ކުރެވެމުން ދަނީ އެ މަސައްކަތް. އޭގެ ތެރޭގައި ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ވަނީ ހުޅުވިފައި. އަދި ރިކޯޑްނެތް ފަރާތްތައް އަޅުގަނޑުމެންގެ ކުރަނގި އޮޕަރޭޝަންގެ ތެރެއިން އެމީހުން ރަޖިސްޓަރީ ވެވިގެން ދާނެ. އަދި އެންފޯސްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދަނީ," ޝަމްޢާން ވިދާޅުވިއެވެ.

ޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)ބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

7 ގަޑިއިރު ކުރިން - 13:19

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެއްޖެ

21 ދުވަސް ކުރިން - 22:53

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

43 ދުވަސް ކުރިން - 18:19

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

52 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

70 ދުވަސް ކުރިން - 09:33