މި ހަރަކާތް ކުރިއަށްދިޔައީ ފަރުކޮޅުފުށީގައި މިރޭ 21:00 ގައި. މި ހަވާ އެރުވުމުގެ ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އެމްއެންޑީއެފްއިން ބުނި.
740 ދުވަސް ކުރިން - 21:07
ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުން ޤާއިމްކުރިތާ 52 އަހަރު ވެފައިވާއިރު، މި ގުޅުމަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށް އަދި މި ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއްކަން ސަފީރު ފާހަގަކުރެއްވި.
740 ދުވަސް ކުރިން - 20:52
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވޭ.
740 ދުވަސް ކުރިން - 20:48
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާ ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެ ޙާލަތުން އަރައިގަނެ ޙާލަތު ބަދަލުކޮށްލުމުގައި ޗައިނާ އަބަދުވެސް އޮތީ ރާއްޖެއާ އެކުގައިކަމަށް ރައީސް ވިދާޅުވި.
740 ދުވަސް ކުރިން - 20:39
ނިޔާވެފައި އޮއްވާ ފެނުނީ، ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ (62އ). ޖައުހަރީ އަކީ މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގައި ފޮޓޯ ނެގުމުގެ އިތުރުން އެ ހަރަކާތުގައި "އެކްޓިވް"ކޮށް އުޅުނު ފަރާތެއްކަން ފާހަގަ ކުރެވޭ
740 ދުވަސް ކުރިން - 20:37
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)، ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަޤިއްޔު (25އ) އަދި ގދ. ގައްދޫ / ވިލަސް، މުޙައްމަދު ޒަހުވާން (23އ). މި އޮޕަރޭޝަނުގައި، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާކަމަށް ފުލުހުން ބުނި.
740 ދުވަސް ކުރިން - 15:08
ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފި. މި ދަތުރުގައި ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ޚާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެ. މި ތަމްރީނުތަކަކީ ޤާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީނުތަކެއް.
740 ދުވަސް ކުރިން - 15:01
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އާރްސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ކޮޅުފުށި 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ މަސައްކަތުގެ %78 މަސައްކަތް ނިމިފައިވާ ކަމަށް. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 117 މިލިއަން ރުފިޔާގެ މަޝްރޫޢެއް.
740 ދުވަސް ކުރިން - 14:48
އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގައި ވާ ގިނަވެ، އޭގެ ސަބަބުން އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވުމާއެކު، ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް.
740 ދުވަސް ކުރިން - 14:37
ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އެ މަޤާމުން ބަދަލުކޮށް، އެ މަޤާމަށް ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައްޔަންކުރުމަށް. އެއާއެކު ފިނޭންސް މިނިސްޓަރުގެ މަޤާމަށް މޫސާ ޒަމީރު ބަދަލުކޮށް، ފޮރިން މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުﷲ ޚަލީލް ބަދަލުކުރުމަށް ވަނީ ނިންމާފައި.
740 ދުވަސް ކުރިން - 14:29
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 9:00 އިން ހަވީރު 15:00 އަށް. އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރެ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް.
740 ދުވަސް ކުރިން - 14:14
ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެގެން ފެން ޕްލާންޓް ހުއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި، މިހާރު އެ މައްސަލަ ޙައްލުކޮށް، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް.
740 ދުވަސް ކުރިން - 14:05