ފަރުކޮޅުފުށީގައި މިރޭ ތިން މިނެޓަށް ހަވާ އަރުވާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފަވަނީ ފަރުކޮޅުފުށީގައި މިރޭ 21:00 ގައެވެ. މި ހަވާ އެރުވުމުގެ ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ވިޔަފާރި އުސޫލުން ސިފްކޯއިން ހަވާ އަރުވައެވެ. މިފަދަ ހަރަކާތްތަކަކީ އާންމުންގެ ސަމާލުކަން ލިބޭ ކަމެއްކަން ފާހަގަކުރެވޭއިރު، ގިނަ ބަޔަކު ފޮޓޯ ނެގުމަށް އެއްވާކަން ފާހަގަކުރެވެއެވެ.