Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަނޑުދަތުރުފަތުރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކެމްޕޭނެއް ފަށަނީ

ކަނޑުދަތުރުފަތުރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކެމްޕޭނެއް ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
708 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2024 23:10
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން
ޚުލާސާ

ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކުރެވެމުންދާ މި ޒަމާނުގައި، ކަނޑުދަތުރުފަތުރުގެ ދާއިރާގެ އެންމެހައި ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވަޒީރު އަމީން ހާމަކުރެއްވި.

ކަނޑުދަތުރުފަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް މިކަމަށް މަގުފަހިކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކެމްޕޭނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކަނޑުދަތުރުފަތުރު ދުވަހާ ގުޅިގެން ވަޒީރު ދެއްވި ޚިޠާބުގައި، ދަތުރުފަތުރުގެ ދާއިރާއަށް ޒުވާނުން ނުކުތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އަންހެނުން މި ދާއިރާއަށް ނުކުތުމަކީ އަންހެނުން ބާރުވެރިކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ގިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބާރުއަޅަމުންދާ މިފަދަ ޒަމާނެއްގައި ކަނޑުދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް މިކަމަށް މަގުފަހިކުރުމަށްޓަކައި މި މިނިސްޓްރީއިން ވަރަށް ބޮޑު އިސްކަމެއް ދީ ކެމްޕޭނެއް ކުރިއަށް ގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު އިތުރަށް ވިދާޅުވީ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން 76 އަހަރުގެ ތަޖުރިބާއާއެކު ކަނޑުދަތުރުފަތުރުގެ މަސައްކަތްތަކުގައި ރައްކާތެރިކަމަށް އިސްކަންދިނުމަކީ އެންމެ އިސްކަންދޭ އަސާސް ކަމަށެވެ. އާ ޓެކްނޮލޮޖީތަކާއެކު ޒަމާނަށް ފެތޭގޮތަށް ގަވާއިދުތައް ބަދަލުކުރަމުން ދަނީ ކަނޑުދަތުރުފަތުރު ކުރުމުގައި އިންސާނުންނާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ބާރުއަޅައި އެކަމަށް މީހުން އަހުލުވެރި ކުރުވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ފާހަގަކުރެއްވީ، ރާއްޖޭގައިވެސް މި ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދާނީ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ނެރެ، ހަމަ އެއާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ހުރިހާ ކަންތައްތައް ކުރެވޭނެ ގޮތްގޮތަށް މަގުތައް ކޮށައި އާރާސްތުކޮށްގެން ކަމަށެވެ.

ވަޒީރުގެ ވާހަކައިގައި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ގްރީންހައުސް ގޭސް މަދުކުރުމުގައި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ދެނެގަނެ އަމަލީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ވިޔަފާރީގެ %90 ހިމެނޭ މުދާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ ކަނޑުމަގުން. ވުމާއެކު މިކަމުގައި ރައްކާތެރިކަން އިތުރުކުރުމަކީ ދެމެހެއްޓެނިވި އިޤްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމުކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަކީ އދ. ގެ ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިކޮށްދޭ އަމާޒެއް ކަމަށެވެ.

ވަޒީރުގެ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ މަސައްކަތްތައް ގުޅިފައިވަނީ ކަނޑާ ކަމަށާއި، ރާއްޖޭގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފުރިހަމައަށް ގަބޫލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓްމިނިސްޓަރ މުހައްމަދު އަމީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

44 ދުވަސް ކުރިން - 23:42

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ހަވާލުކުރަނީ

45 ދުވަސް ކުރިން - 10:13

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

46 ދުވަސް ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

128 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

144 ދުވަސް ކުރިން - 19:25

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

151 ދުވަސް ކުރިން - 16:30