ކެޓް ޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ރެޕިޑް އިންޖިނިއަރިންގ އާ ޙަވާލުކޮށްފައިވަނީ 210,036.61 ރުފިޔާއަށް. މި ޝެލްޓަރ ނިމޭއިރު ބުޅާތަކަށް ޚާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައި.
744 ދުވަސް ކުރިން - 18:28
ވީއައިއޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށް. މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެން.
744 ދުވަސް ކުރިން - 18:09
ފުލުހުން ބުނީ ފުލުހުންގެ ސައްޙަ ނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ތައްޔިބް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް. ނަމަވެސް އެކަމާ ގުޅޭ އިތުުރު ތަފްޞީލެއް ފުލުހުން ޙިއްސާކޮށްފައެއް ނުވޭ.
744 ދުވަސް ކުރިން - 17:59
ފެނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާތަކެއް ގެއްލިގެން އުޅެނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ ފެނަކަ އޮފީހުން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އޮފީހުން އެކި ފަހަރުމަތިން 400,000 އެއްހާ ރުފިޔާ ވަނީ ގެއްލިފައި.
744 ދުވަސް ކުރިން - 17:49
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ މޫސުމީ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް. މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި.
744 ދުވަސް ކުރިން - 17:39
މި ފަހުމުނާމާއަކީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ ފަހުމުނާމާއެއް. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް.
744 ދުވަސް ކުރިން - 17:18
ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން މިއަދު ޗުއްޓީއަށް ގޮސްފައިވާއިރު ދެން ސްކޫލް ހުޅުވޭނީ އަންނަ މަހުގެ 5 ވާ އާދިއްތަ ދުވަހު. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދު ނިމުނު ފުރަތަމަ ޓާމުގައި 96,000 ދަރިވަރުން ވަނީ ތަޢުލީމު ޙާޞިލްކޮށްފައި.
744 ދުވަސް ކުރިން - 17:12
އޭނާގެ ފޯނާއި ހާޑްޑިސްކަކާއި ލެޕްޓޮޕް އަދި ޕެންޑުރައިވްއެއް ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުގީގަށް ހިފަހައްޓާފައިވޭ. ޠައްޔިބުގެ މައްސަލަ ތަހުގީގު ކުރަމުންދާތީވެ، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ
744 ދުވަސް ކުރިން - 16:58
މި ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އެގޮތުން، އާދަމް ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވި ކަމަށް ފުލުހުން ބުނި. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލް.
744 ދުވަސް ކުރިން - 16:47
އައިސީޖޭ އަށް އިސްރާއީލާއި ދެކޮޅަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެފްރިކާއިން.. ރާއްޖެއިން މިމައްސަލައަށް ތަދައްޚުލްވުމަށް ލިއުންތައް ހުށަހަޅާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ކަމަށް ވާއިރު، މިމައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް ކަނޑައަޅާފައިވާ އޭޖެންޓް އަކީ ދައުލަތުގެ ބަންޑާރަ ނައިބު
744 ދުވަސް ކުރިން - 13:40
ފުލުހުން މިއަދު ބުނި ގޮތުގައި، "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް.
744 ދުވަސް ކުރިން - 13:05
އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ރަށްތައް ދިވެހީން ހިމާޔަތް ކުރާނެ ކަމަށާއި އެއްވެސް ދިވެއްސެއް އަމިއްލަ ރަށް ދޫކޮށްފައި އެހެން ރަށަކަށް ބަދަލުވާން ނޭދޭކަމަށް. ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ވަނީ 3 ކަމެއް ފާހަގަކުރައްވާފަ.
745 ދުވަސް ކުރިން - 03:20