ފުލުުންގެ ނަމުގައި ފޭކު ލިޔުމެއް ދައުރު ކުރުވި މައްސަލައިގައި ޠައްޔިބް ޝަހީމް ޕޮލިހަށް ހާޒިރު ކޮށްފިއެވެ.
ސޯޝަލްމީޑިއާ އެކްޓިވިސްޓް ޕޮލިހަށް ހާޒިރުކުރީ ފުލުހުންގެ އަތުގައިވާ އޭނާގެ އިލެކްޓްރޯނިކްސް ވަސީލަތްތަކުން އޭނާ ހިންގާފައިވާ ކުށްތަކާއި ގުޅުންހުރި ހެކި އަދި ޤަރީނާ ފެނިގެން އެކަމާއި ސުވާލު ކުރުމަށްޓަކައިކަން ޚުލާސާއަށް އެނގިފައި ވެއެވެ.
މީގެ ކުރިން ވެސް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓިއެވެ.
މިމަހުގެ 12 ވަނަ ދުވަހު އޭނާގެ އިލްކްޓޮރޯނިކްސް ބައެއް ސާމާނުތައް ފުލުހުން ހިފެހެއްޓީ ކޯޓުއަމުރުގެ ދަށުންނެވެ. އެގޮތުން ޕެންޑުރައިވް އަކާއި ލެޕްޓޮޕް އަދި ހާޑްޑިސްކެއް ވެސް ފުލުހުންގެ އަތުގައި އެބައޮތެވެ.
ތައްޔިބަކީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ.
މި ސަރުކާރުގައި އޭނާއަށް ސްޓެލްކޯގެ މަޤާމެއް ދިނުމަށްފަހު މިހާރު ވަނީ އެ މަޤާމުންވެސް އޭނާ ވަކިކޮށްފައެވެ.









