"ވޭސްޓް މެނޭޖްމަންޓް ސިސްޓަމްސް: އޮޕަރޭޝަން އެންޑް މެއިންޓަނަންސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތަކުގެ ރަށްތަކުން ހޮވާލެވުނު 14 ދިވެއްސަކު ތަމްރީނަށް އިންޑިޔާއަށް ފުރައިފި.
693 ދުވަސް ކުރިން - 19:13
ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައި، ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ސަރުކާރުން ނިންމައިފި. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
693 ދުވަސް ކުރިން - 19:01
"ޙާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 8000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކޮށްފި.
693 ދުވަސް ކުރިން - 18:40
ދުބާއީގައި ފެށުނު ކޮޕް-29 ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެން މޫސުމީ ބަދަލުތަކާ ގުޅޭ މި މުހިންމު ބައްދަލުވުމުގައި ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކުރައްވައި، ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ވަކާލާތު ކުރައްވާނެ.
693 ދުވަސް ކުރިން - 18:35
ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރިޔާޟުގައި ބޭއްވުނު އެކުވެރި ޢަރަބި-އިސްލާމީ ސަމިޓުގައި ރައީސް ގޮވާލައްވައިފި.
693 ދުވަސް ކުރިން - 18:33
ކޮޕް-29 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފި.
693 ދުވަސް ކުރިން - 17:45
މިއަހަރު ނިމޭއިރު ހުންނާނެކަމަށް ލަފާކުރާ 653.6 މިލިޔަން ޑޮލަރަށްވުރެ އިތުރަށް އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާކަން ބަޖެޓް ޕޮޒިޝަން ރިޕޯޓުން ހާމަވެއްޖެ.
693 ދުވަސް ކުރިން - 17:33
ފަލަސްޠީނުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިހުމާލު ފާހަގަކުރައްވައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށާއި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ ގޮވާލާފަ.
693 ދުވަސް ކުރިން - 17:27
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ވިއްކާ މީހުން 20 ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކާ ކޮންމެ ވޭޕަކަށް 10ހާސް ރުފިޔާ އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި ބިލް ފާސްކޮށްފި.
693 ދުވަސް ކުރިން - 15:18
އަރަބި އިސްލާމިކް ސަމިޓުން ޣައްޒާގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާއިރު، އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ ކުށްވެރިންނަށް ބައިނަލްއަގްވާމީ ގޮތުން ޖަވާބުދާރީވުމަށް އިލްތިމާސް ކުރި.
693 ދުވަސް ކުރިން - 14:17
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލާ މެދު ގޮތެއް ނިންމުމަށް 241 ކޮމިޓީން ފެބްރުއަރީ މަހުގެ ނިޔަލަށް ސުންގަޑި ކަނޑައަޅައިފި. މި ބިލަކީ އެމްޑީޕީން ހުށަހެޅި ބިލެއް ކަމަށާއި، މިއީ ޙައްސާސް މައްސަލައެއް ކަމަށް މެންބަރުން ފާހަގަކުރި.
693 ދުވަސް ކުރިން - 13:15
މި ބައްދަލުވުމުގައި ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓޤގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވިކަން ދެފަރާތުންވެސް ފާހަގަ ކުރައްވާފައިވޭ.
693 ދުވަސް ކުރިން - 12:38