އަންނަ އަހަރުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން މާދަމާގެ ނިޔަލަށް ބަހުސް ކުރިއަށްގެންދަން މިއަދު މަޖިލީހުން ފާސްކޮށްފި. މިއީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް.
692 ދުވަސް ކުރިން - 10:20
ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރާ މަޝްރޫޢުތައް ހިމެނޭގޮތަށް އެޗްޑީސީއިން "ޓްރާންސްފޯމިން ޓުމޯރޯ" ރަސްމީކޮށް އިފްތިތާޙުކޮށްފި.
692 ދުވަސް ކުރިން - 09:58
ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކޮށް، ބިރުދައްކައި، ފައިސާ ހޯދަން މަސައްކަތްކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފި.
692 ދުވަސް ކުރިން - 09:46
މި ބޮޑު އިތުރުވުން އައިސްފައިވަނީ އިންޑިއާގެ ރިޒާވް ބޭންކާއެކު ފަހުން ވެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމާ ގުޅިގެންކަމަށް އެމްއެމްއޭއިން ހާމަކުރި.
692 ދުވަސް ކުރިން - 09:33
މި ދިރާސާގެ މަޤްޞަދަކީ ވިލިމާލޭގެ މަގުތަކުގެ ޙާލަތު ދެނެގަނެ، އަލުން ތަރައްޤީކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، މަރާމާތުކުރަންޖެހޭ އަދި ތަރައްޤީކުރަންޖެހޭ ދާއިރާތައް ދެނެގަތުން ކަމަށް ވުޒާރާއިން ފާހަގަކުރި.
693 ދުވަސް ކުރިން - 22:46
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ނިމިފައިވަނީ 28.70 އިންސައްތަ ކަމަށްވާއިރު، މިއަހަރުގެ އޮކްޓޯބަރު 15 އާ ހަމައަށް 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަކުރެވޭ.
693 ދުވަސް ކުރިން - 22:33
މި ބައްދަލުކުރެއްވުމުގައި ސިއްހާ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި.
693 ދުވަސް ކުރިން - 22:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުންނަށް އުޖާލާ ކުރިމަގެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކަމަށް ނައިބު ރައީސް ވިދާޅުވި.
693 ދުވަސް ކުރިން - 21:21
ކްލައިމެޓް ފައިނޭންސިންގ ލަނޑުދަނޑިން ނާޒުކު ޤައުމުތައް ބާކީ ނުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތައް ގެންގުޅެންޖެހޭ ކަމަށް ރައީސް ވިދާޅުވި.
693 ދުވަސް ކުރިން - 21:10
މި ބަދަލުގެ ސަބަބުން މުޅި ނިޒާމު ކުރިއެރުމަށް މަގުފަހިވެ، އެންމެ ފަގީރު ޙާލުގައި އުޅޭ މީހުންނަށް މާލީ ބުރައަކާ ނުލައި ސިއްޙީ ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރެވޭނެކަމަށް ސަރުކާރުން ފާހަގަކުރި.
693 ދުވަސް ކުރިން - 20:26
މި އައު ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުން. މިގޮތުން، ސާފު ގަވަނަންސް އޮނިގަނޑެއް ޤާއިމްކޮށް، އެސްއޯއީތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތަކާއި ހިންގުމުގެ މިންގަނޑުތައް ކަނޑައެޅޭނެ ކަމަށް ސަރުކާރުން ފާހަގަކުރި.
693 ދުވަސް ކުރިން - 20:03
މި ދެ ބިލަކީ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ދިވެހިރާއްޖޭގެ ޑިޖިޓަލް ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދެބިލެއް ކަމަަށް ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވި.
693 ދުވަސް ކުރިން - 19:23