Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

އައިޝަތު ރުވާ ރިފްޢަތު
616 ދުވަސް ކުރިން - 12 ނޮވެންބަރު 2024 20:03
ރައީސް އޮފީސް / ފޮޓޯ: ޚުލާސާ
ރައީސް އޮފީސް / ފޮޓޯ: ޚުލާސާ
ޚުލާސާ

މި އައު ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުން. މިގޮތުން، ސާފު ގަވަނަންސް އޮނިގަނޑެއް ޤާއިމްކޮށް، އެސްއޯއީތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތަކާއި ހިންގުމުގެ މިންގަނޑުތައް ކަނޑައެޅޭނެ ކަމަށް ސަރުކާރުން ފާހަގަކުރި.

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުން ދިގު މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ (އެސްއޯއީ) ބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި ޤާނޫނު އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

ސަރުކާރުން ބުނީ، މި އައު ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމެވެ. މިގޮތުން، ސާފު ގަވަނަންސް އޮނިގަނޑެއް ޤޤއިމްކޮށް، އެސްއޯއީތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި، އަދި އެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ މިންގަނޑުތައް ކަނޑައެޅޭނެ ކަމަށް ސަރުކާރުން ފާހަގަކުރިއެވެ.

އެގޮތުން، ޤާނޫނުގައި ހިމެނޭނެ މުހިންމު ބައިތަކުގެ ތެރޭގައި އެސްއޯއީގެ މާނަ ކަނޑައެޅުމާއި، ދައުލަތުގެ މިލްކުވެރިކަމުގެ މަޤްޞަދު ބަޔާންކުރުމާއި، ބޯޑު މެންބަރުން އައްޔަންކުރުމުގެ އިޖުރާޢަތްތައް ކަނޑައެޅުމާއި، ހާމަކަން އިތުރުކުރުމުގެ ޝަރުޠުތަކާއި މާލީ ކަންކަން ބެލެހެއްޓުމުގެ ނިޒާމުތައް ހިމެނެއެވެ. މީގެ އިތުރުން، އެސްއޯއީތަކުގެ ގަވަނަންސްގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ ދައުރާއި މަސްއޫލިއްޔަތުތައްވެސް މި ޤާނޫނުން ސާފުކޮށްދޭނެއެވެ.

Advertisement

Advertisement 1

ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ޢަމަލުކުރަމުންދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ޤާނޫނު އުވާލައި، ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން އެސްއޯއީތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގާނެއެވެ. އަދި މިހާރުގެ ޤާނޫނުގައި ހިމެނޭ މުހިންމު އިޖުރާޢަތްތައް އައު ޤާނޫނުގައިވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ބައެއް އެސްއޯއީތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. މިގޮތުން، އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމާއި، އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްކޮށްލުމާއި، އެޗްޑީސީގެ ދަށަށް އެފްޑީސީ ގެނައުން ހިމެނެއެވެ. އަދި އެގްރޯނޭޝަނަލް ކޯޕަރޭޝަނާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރު ކުންފުނިތައް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ސަރުކާރު ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު އެއްހަމަކުރަން ޕީސީބީން އަންގައިފި

18 ގަޑިއިރު ކުރިން - 17:50

ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަކުރަން ޕީސީބީން އަންގައިފި

ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަކުރަން ޕީސީބީން އަންގައިފި

104 ދުވަސް ކުރިން - 12:07

އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

357 ދުވަސް ކުރިން - 22:17

އުމްރާނީ މަސައްކަތްތަކަށް ހާއްސަަ ދައުލަތުގެ ކުންފުންޏެއް ރައީސް އުފައްދަވައިފި

އުމްރާނީ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި

417 ދުވަސް ކުރިން - 23:23

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފި

548 ދުވަސް ކުރިން - 15:49

ސަރުކާރު ކުންފުނިތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު މަޖިލީހުން ހޯދަނީ

އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ

602 ދުވަސް ކުރިން - 14:09