Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 21 ޖުލައި 2026 17:50
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު---
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު---
ޚުލާސާ

ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރަންޖެހޭނެ ކަމަށް ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވޭ. މީގެ މަގްސަދަކީ ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހްތިޔާރުކުރުމަށްވެސް ޕީސީބީގެ އެންގުމުގައިވޭ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނިޒާމު ހަރުދަނާކޮށް ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ (އޯޓީ) ދިނުމާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީ އިން މިއަދު ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރަންޖެހޭނެ ކަމަށެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ސަރުކާރު ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމެވެ.

މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި މިންވަރެއް (ކެޕެއް) ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި އަލަށް ތައާރަފުކުރާ 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހްތިޔާރުކުރުމަށްވެސް ޕީސީބީގެ އެންގުމުގައިވެއެވެ.

Advertisement

Advertisement 1

މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށް މަގުފަހިވާނެއެވެ. އަދި ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެ، ސަލާމަތްކުރެވޭ ފައިސާ ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޕީސީބީ އިން ވަނީ 30 ޖުލައި 2026 ގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށް އަންގާފައެވެ. މި އިސްލާހުކުރެވޭ އުސޫލުތަކަށް އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.

މި ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީއިން މީގެ ކުރިން ވަނީ ކުންފުނިތަކަށް އަންގާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ސަރުކާރު ކުންފުނިތައް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

3 ދުވަސް ކުރިން - 16:35

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

3 ދުވަސް ކުރިން - 15:54

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

18 ދުވަސް ކުރިން - 10:56

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސް މުހައްމަދަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

38 ދުވަސް ކުރިން - 09:39

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

43 ދުވަސް ކުރިން - 16:25

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

72 ދުވަސް ކުރިން - 23:52