Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަކުރަން ޕީސީބީން އަންގައިފި

ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަކުރަން ޕީސީބީން އަންގައިފި

މުހައްމަދު ޖަމްޝަތު
103 ދުވަސް ކުރިން - 9 އޭޕްރިލް 2026 12:07
ޕީސީބީން ވަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ކުންފުނިތަކަށް އަންގާފަ---
ޕީސީބީން ވަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ކުންފުނިތަކަށް އަންގާފަ---
ޚުލާސާ

އިތުރުގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫނީ ނުކުރުމަށާއި ޕްރޮމޯޝަން ދިނުން މިވަގުތަށް މަޑުޖައްސާލައި އާ މުވައްޒަފުން ނުނެގުމަށް ޕީސީބީން ވަނީ އަންގާފަ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

މިކަން އަންގާފައިވަނީ ސަރުކާރުގެ ހުރިހާ ކުންފުނިތަކަކަށް ޕީސީބީން ފޮނުވި ހާއްސަ ސާކިއުލާއެއްގައެވެ.

ޕީސީބީން ބުނިގޮތުގައި މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުވެސް ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާނެއެވެ. ނަމަވެސް، މިހާރުގެ ދުނިޔޭގެ މަޝްރަހާއި އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް، އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މިވަގުތު މުހިންމު ކަމަށް އެ ބޯޑުން ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަދުކުރުމެވެ.

Advertisement

Advertisement 1

ޕީސީބީން އަލަށް އެޅުމަށް އެންގި ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުން ހިމެނެއެވެ. އެގޮތުން، ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކަންކަން ރޭވުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މެނުވީ އިތުރުގަޑީގައި ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަށާއި، ކުންފުނީގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އިތުރު މީހުން ވަޒީފާއަށް ނުނެގުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ކުންފުނިތަކުގެ ކޭޝްފްލޯ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި، ކުންފުނީގެ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ޕީސީބީން ވަނީ ބާރުއަޅާފައެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ނުބޭއްވުމަށާއި، ހަފްލާތައް ބޭއްވުމުގައިވެސް ވީހާވެސް ހަރަދު ކުޑަވާނެ ގޮތްތައް ބެލުމަށް ވަނީ އަންގާފައެވެ. މިގޮތުން، އެއް ކުންފުނިން އަނެއް ކުންފުންޏަށް ވަސީލަތްތައް ހިއްސާކުރުމަށްވެސް ވަނީ ލަފާދީފައެވެ.

ޕީސީބީގެ ސާކިއުލާގައި އިތުރަށް ބަޔާންކޮށްފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ރައްޔިތުންނަށް ކުރިމަތިވެދާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި މި ސާކިއުލާގައިވާ ކަންކަމުގެ އިތުރުންވެސް، ހަރަދު ކުޑަކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކުގެ ބޯޑުތަކަށް ވަނީ އަންގާފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ސަރުކާރު ކުންފުނިތައްއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަރުކާރު ކުންފުނިތަކުގެ އޯޓީ އެލަވަންސް އެއްހަމަކުރުން: އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ސަރުކާރު ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު އެއްހަމަކުރަން ޕީސީބީން އަންގައިފި

14 ގަޑިއިރު ކުރިން - 17:50

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

27 ދުވަސް ކުރިން - 23:52

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

27 ދުވަސް ކުރިން - 10:27

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

48 ދުވަސް ކުރިން - 20:30

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

75 ދުވަސް ކުރިން - 12:44

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

82 ދުވަސް ކުރިން - 21:19