Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 18 އޯގަސްޓް 2026 10:56
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް.
ޚުލާސާ

2018 ވަނަ އަހަރު ކުންފުނި ތަކުގައި ތިބީ 18,676 މުވައްޒަފުން. ކޮންމެ އިންތިހާބަކާއި ދިމާކޮށް އެމްޑީޕީ އިން އޭރު ވޯޓު ހޯދަންވެގެން ކުންފުނިތަކަށް މުވައްޒަފުން އިތުރުކޮށް، އެ ސަރުކާރުގެ ދައުރު ނިމުނުއިރު 2023 ގެ ނިޔަލަށް މި އަދަދު ވަނީ 36,729 އަށް އުފުލިފަ.

ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުކޮށް، ދައުލަތުގެ ބަޖެޓަށް ނުކަތާވަރަށް ޚަރަދުތައް ބޮޑުކޮށްލާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، 2018 ވަނަ އަހަރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، އެމްޑީޕީގެ ވެރިކަން ނިމުނުއިރު 2023 ގެ ނިޔަލަށް މި އަދަދު ވަނީ 36,729 އަށް އުފުލިފައެވެ. ވަކިން ޚާއްޞަކޮށް ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާ ހޯދުމުގެ ގޮތުން ކުންފުނިތަކަށް މުވައްޒަފުން ބޯކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ސަބްސިޑީގެ ގޮތުގައި ކުރަންޖެހި ގައުމުގެ މާލީ ނިޒާމަށް ވަނީ ބާރުބޮޑުވެފައެވެ.

މިގޮތަށް މުވައްޒަފުން އިތުރުކުރުމުގެ އިތުރުން، އޭރުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކާއި މާލީ ނާޖާއިޒު ފައިދާ ހޯދުންތައް ހިންގާފައިވާކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ވަކިން ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަނާއި އާރުޑީސީ ފަދަ ކުންފުނިތަކުން ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ޕްލޭނެއް ނެތި ސިޔާސީ މަގާމުތައް އުފައްދައި، ކުންފުނިތަކުގެ މާލީ ގާބިލުކަމަށް ނުބަލައި ކުރި ޚަރަދުތަކުގެ ސަބަބުން އެ ތަންތަން ވަނީ ބިލިއަނުން ދަރަނިވެރިވެފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް ގާތް ފަރާތްތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމާއި، ކުންފުނިތަކުގެ ފައިސާ ނާޖާއިޒު ގޮތުގައި ސިޔާސީ ކެމްޕޭންތަކަށް ބޭނުންކުރުން ފަދަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އޮޑިޓް ރިޕޯޓުތަކުން ވަނީ ފާހަގަކުރެވިފައެވެ.

އެމްޑީޕީގެ ދައުރުގައި ހިންގި މި ބޮޑު އިސްރާފާއި ކޮރަޕްޝަނުގެ ސަބަބުން ބަނގުރޫޓުވުމުގެ މަގުމަތީގައި ހުރި ސަރުކާރު ކުންފުނިތައް ސަލާމަތްކުރުމަށްޓަކައި، މިހާރުގެ ސަރުކާރުން ވަނީ ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ބޭނުންނުވާ މަގާމުތައް މަދުކޮށް ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، މާލީ ވަޒީރު ޒަރީރު ވިދާޅުވި ގޮތުގައި، ކުންފުނިތައް އިސްލާހުކުރާއިރުވެސް، މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ސިޔާސީ ޚިޔާލަކަށް ބިނާކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާނެ ކަމެއް ނޫނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އެމްޑީޕީސަރުކާރު ކުންފުނިތައް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

22 ގަޑިއިރު ކުރިން - 17:30

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ މި ނިންމެވުމާއެކު ސިޔާސީ މަސްރަހު ހޫނުވެއްޖެ!

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ ނިންމެވުމާއެކު މަސްރަހު ހޫނުވެއްޖެ!

4 ދުވަސް ކުރިން - 16:16

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

8 ދުވަސް ކުރިން - 12:40

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

12 ދުވަސް ކުރިން - 13:30

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

14 ދުވަސް ކުރިން - 13:54

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

18 ދުވަސް ކުރިން - 14:29