ހުޅުމާލޭގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނު ކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައެވެ. ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކޮށް، ބިރުދައްކައި، ފައިސާ ހޯދަން މަސައްކަތްކޮށްފައިވެއެވެ.
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ މާލޭ ދަފްތަރު ނަންބަރު ރސ 9022، ތަލާލް މޫސާ (37 އަހަރު) އެވެ. އޭގެފަހުން އިތުރު 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ:
1. ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34 އަހަރު)
2. މާލެ، ގ. ކަޅަގާރިމާނގެ، ހުސެއިން ހައިކަލް ނިޔާޒް (23 އަހަރު)
3. ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36 އަހަރު)
4. ހުޅުމާލޭ ފްލެޓް ނަންބަރު 04-1-71، އަހުމަދު ރިޝްފާން (26 އަހަރު)
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެންމެން ވެސް 7 ދުވަހަށް ބަންދުކުރުމަށް ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.