މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގެ މަގުތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ. އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތަކީ ޗައިނާ ސަރުކާރުން ޢައްޔަންކުރި ފަންނީ ޓީމަކާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ގުޅިގެން ކުރިއަށް ގެންދާ ފީސިބިލިޓީ ދިރާސާއެއް ކަމަށެވެ.
އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ވިލިމާލޭގެ މަގުތަކުގެ މިހާރުގެ ޙާލަތު ދެނެގަނެ، އެ މަގުތައް އަލުން ތަރައްޤީކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ. މިގޮތުން، މަގުތަކުގެ ފެންވަރު ބަލައި މަރާމާތުކުރަންޖެހޭ ސަރަޙައްދުތަކާއި އިތުރަށް ތަރައްޤީކުރަންޖެހޭ ދާއިރާތައް ފާހަގަކުރެވޭނެއެވެ.
https://x.com/MoCImv/status/1856326657650634877?t=9pRrkj1ZewjMQZhEZt5mgw&s=19
ވުޒާރާއިން އިތުރަށް ބުނީ މި ފީސިބިލިޓީ ދިރާސާ ކުރިއަށްދާނީ 21 ނޮވެމްބަރު 2024 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި، ދެ ޓީމުން ވިލިމާލޭގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ބޭނުންވާ މަޢުލޫމާތު އެއްކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.






