Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕާކިން ބިލްޑިން އަޅަނީ

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕާކިން ބިލްޑިން އަޅަނީ

އައިޝަތު ރުވާ ރިފްޢަތު
275 ދުވަސް ކުރިން - 7 ޑިސެންބަރު 2025 23:59
ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޭގެ ތެރެއިން ދެ ބިލްޑިން ގާއިމްކުރާނީ މާލޭގައި ކަމަށާއި ދެން ގާއިމް ކުރާނީ ވިލިމާލޭގައި ބްރިޖުން ފައިބާ ދިމާލުގައި. ދެން ހުޅުމާލޭގައި

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕާކިން ބިލްޑިން އެޅުމަށްޓަކައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅޫވީ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރު އެކަން މަގުފަހިވެފައިއޮތީ ކުރެވޭ ގޮތަކަށް ނޫން ކަމަށާއި، ފަހުން ސަރުކާރުން އެކަން ކުރަން ވެގެން ކުރިމަތިލާފައި ތިބި ފަރާތްތަކާއެކު އެކަން ކުރުމަށްޓަކައި ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށެވެ. ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގެ މަސައްކަތް މިހާރު އޮތީ އިންޑިއާގެ އެލްއޯސީގެ ތެރެއަށް ހިމަނާފައި ކަމަށާއި އޭގެ ހުރިހާ ލިޔެކިޔުންތަށް އިންޑިއާ ސަރުކާރަށް ފޮނުވައި މަރުހަލާތައް ކުރިޔަށްދާ ކަމަށެވެ.

ޕާކިން ބިލްޑިންއާއެކު މާލެ ސިޓީގެ ޓްރެފިކަށް ބޮޑު ލުޔެއް އަންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ދެ ބިލްޑިން ގާއިމްކުރާނީ މާލޭގައި ކަމަށާއި ދެން ގާއިމް ކުރާނީ ވިލިމާލޭގައި ބްރިޖުން ފައިބާ ދިމާލުގައި ކަމަށެވެ. ސަބަބަކީ ވިލިމާލެއަކީ ހިނގާބިގާވެ އުޅޭ ތަނަކަށް ވުމުން އެތަނަށް ޕާކިން ބިލިންޑިން އެއް މުހިންމުވާނެ ކަމަށެވެ. ހަތަރުވަނަ ޕާކިން ބިލްޑިން އަޅާނީ ހުޅުމާލޭގެ ރަނގަޅު ހިސާބެއްގައި އެންމެ ގިނަ މީހުންނަށް ބޭނުން ހިފޭ ސަރަހައްދެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މީގެ އިތުރުން ވެސް މާލޭގެ ޕާކިން އަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށާއި އެކަމުގައި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ކައުންސިލަށް ލިބޭނެ ކަމަށެވެ. ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް މާލެ އަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަންނަން އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ވިލިމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

102 ދުވަސް ކުރިން - 17:51

ވިލިމާލޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް، އެދި މަޖިލީހަށް ޕެޓިޝަނެއް

ވިލިމާލޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް

205 ދުވަސް ކުރިން - 09:39

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ އެބެގެއާ

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ

209 ދުވަސް ކުރިން - 01:07

ވިލިމާލޭގައި އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކޮށްފި

233 ދުވަސް ކުރިން - 16:41

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ވިލިމާލެއަށް ވަޑައިގެންފި

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ވިލިމާލެއަށް ވަޑައިގެންފި

290 ދުވަސް ކުރިން - 21:46

މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ ޑިޒައިން މަރުހަލާ ފަށަނީ

މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ ޑިޒައިން މަރުހަލާ ފަށަނީ

321 ދުވަސް ކުރިން - 20:29