ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ ވިލިމާލެ އަށް ވަޑައިގެންފި އެވެ.
މިރޭ 20:40 ހާއިރު ރައީސުލްޖުމްހޫރިއްޔާ ވިލިމާލެ އަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ އަވަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ވިލިމާލެ ކޮމިއުނިޓީއާ ބައްދަލުކުރެއްވުން ފަށާފައިވަނީ 21:15 ހާއިރު އެވެ. މި ބައްދަލުވުމުގައި ވިލިމާލެ ރައްޔިތުން ދަނީ އެބޭފުޅުންގެ އިހުސާސްތައް ފާޅުކުރައްވަމުންނެވެ. އަދި ތަރައްގީއަށް ބޭނުންވާ ކަންކަން ހިއްސާކުރަމުންނެވެ،
އެމަނިކުފާނު ވަނީ ވެރިކަމުގެ ދެ އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ އެތަށް ހާސް ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވާފަ އެވެ.
ދާދި ފަހުން ރައީސް ވަނީ މލެ ސިޓީގައި ދިރިއުޅުއްވާ އެންމެހާ ރަށްޔިތުންނަށް ގޯއްޗާއި ފުލެޓަށް އެދުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.






