Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވިލިމާލޭގައި އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލޭގައި އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު ޖަމްޝަތު
142 ދުވަސް ކުރިން - 19 ޖެނުއަރީ 2026 16:41
ވިލިމާލޭގައި ތަރައްގީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ ކޮންސެޕްޓް ކުރެހުމެއް---
ވިލިމާލޭގައި ތަރައްގީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ ކޮންސެޕްޓް ކުރެހުމެއް---
ޚުލާސާ

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެއް. ކޮންޓްރެކްޓަރެއް ކަނޑައަޅައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ސަރުކާރުން ބުނޭ

ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ.

ވިލިމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކުރެވޭ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެ އެވެ. އަދި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެ އެވެ.

Advertisement

Advertisement 1

ވިލިމާލޭގައި ތަރައްގީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބުންޏެވެ.

ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އާ ހަރުފަތްތަކަކަށް ގެންދާނެ، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެކެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ސިއްހަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެކެވެ. ހަމައެހެންމެ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި، ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަޝްރޫއެކެވެ.

ޗައިނާވިލިމާލެމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

11 ދުވަސް ކުރިން - 17:51

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

13 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

13 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

18 ދުވަސް ކުރިން - 23:16

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

18 ދުވަސް ކުރިން - 13:45