އއ. ރަސްދޫގައި ޗައިނާގެ ޓޫރިސްޓަކު މަރުވި ހާދިސާ ހިނގިއިރު، ސްނޯކްލިން ޚިދުމަތް ދިން ކުންފުނީގެ ލައިސަންސް އޮތީ ހަމަވެފައި. މިކަމާ ގުޅިގެން ލައިސަންސް ނެތި ޚިދުމަތްދޭ ފަރާތްތައް ދެނެގަތުމަށް އިންސްޕެކްޝަން ފެށުމަށް ނިންމައިފި.
692 ދުވަސް ކުރިން - 15:47
މިނިސްޓްރީން ބުނީ ފޯމް ހުށަހެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމް ހުށަހެޅި ކުދިންނަށް ޖާގަދިނުމަށް ފަހުގައި ކަމަށް.
692 ދުވަސް ކުރިން - 15:44
ފަރުވާ ތަންފީޛުކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަމުން އަންނަ އިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި.
692 ދުވަސް ކުރިން - 15:35
މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާދެވިގެންދާނެ.
692 ދުވަސް ކުރިން - 15:25
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުން، ކުރިއަށް އޮތްތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ޒިޔާތަރްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ސަފީރު ވިދާޅުވި.
692 ދުވަސް ކުރިން - 15:16
މި ޕްރޮގްރާމްގެ އަމާޒަކީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުނި.
692 ދުވަސް ކުރިން - 15:05
ފުލުހުން ޢިއުލާނުކޮށްފައިވަނީ މާއިސް މުޙައްމަދު، ކ.ކާށިދޫ، ފަޒާ (27އ) އަދި ޢާއިޝަތު ނުހާ، އދ. ކުނބުރުދޫ/މާބަގީޗާގެ (24އ) ހޯދުމަށް. މި ދެމީހުންވެސް ހޯދުމަށް ޢިއުލާނުކޮށްފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައި.
692 ދުވަސް ކުރިން - 14:57
އެ ދެ މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން، އެ ރަށު ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނި.
692 ދުވަސް ކުރިން - 14:51
މި އެކްސްޕޯ ވެގެންދާނީ ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަކަށް ކަމަށް ފުލުހުން ބުނި.
692 ދުވަސް ކުރިން - 14:45
ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވި.
692 ދުވަސް ކުރިން - 14:32
މި ބައްދަލުވުމުގެ މަޤްޞަދަކީ ޕްރޮޖެކްޓްގެ މަސައްކަތްތައް މިހާރު ގޮސްފައިވާ މިންވަރު ދެނެގަތުމާއި، އެކި ޤައުމުތަކުގައި މި މަޝްރޫޢުގެ ދަށުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުންކަމަށް ވުޒާއިން ހާމަކުރި.
692 ދުވަސް ކުރިން - 12:41
އުފައްދަން ހުށަހަޅާފައިވާ އައު ކޮމިޝަނަށް މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ފުޅާ ބާރުތަކެއް ލިބިދޭ މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި.
692 ދުވަސް ކުރިން - 10:23