Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސޯޝަލް ވަރކަރސް ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފަށައިފި

ސޯޝަލް ވަރކަރސް ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފަށައިފި

އަައިޝަތު ޒީނާ
569 ދުވަސް ކުރިން - 13 ނޮވެންބަރު 2024 15:05
ސޯޝަލް ވަރކަރސް ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމްގެ ތެރެއިން.
ސޯޝަލް ވަރކަރސް ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމްގެ ތެރެއިން.
ޚުލާސާ

މި ޕްރޮގްރާމްގެ އަމާޒަކީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުނި.

ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގެ ކޭސްވަރކަރުންނަށް އަމާޒުކޮށްގެންސޯޝަލް ވަރކަރސް ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފަށައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 04 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ބެޗަކަށް ބަހާލައިގެން ކަމަށް ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު ތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި، އެއް މިންގަނޑަކުން ޢަމަލު ކުރެވޭކަން ކަށަވަރުކުރުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

ވުޒާރާއިން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ ވޭދަނައިގެ މަސައްކަތުގައި، މިވަގުތު ކޭސް ވޯކަރުންނަށް ކުރިމަތިވެފައިވާ ފަންނީ ގޮންޖެހުންތައް ދެނެގަނެ، ތަމްރީނު ފޯރުކޮށްދެވިގެންދާ ކަމަށެވެ.

މީގެ އިތުރުން ވުޒާރައިގެ މައިގަނޑު އެއް އަމާޒަކީ، ވަށައިޖެހޭފަދަ ޚިދުމަތްތަކެއް އާއިލީ ނަޒަރަކުން، ހުށައެޅޭ މައްސަލަތަކުގައި ކޮންމެ އާއިލާއަކަށް ކޭސްވޯކަރަކު ހަމަޖެހި، ލުއިފަސޭހަ ގޮތެއްގައި، އިތުބާރު ކުރެވޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި، މި ތަމްރީނު ޕްރޮގްރާމްގެ ޒަރީއާއިން މި އަމާޒަށް ވާސިލުމުވަށް މުޅިރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުންދާ ހުރިހާ ކޭސް ވޯކަރުން ތަމްރީނު ކުރެވިގެންދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމުގެ ޒަރީއާއިން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ހަރުދަނާ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޖުމްލަ 25 މުވައްޒަފުން ބައިވެރިވާ މި ތަމްރީނުގައި ހދ، ށ ،ބ ، ޅ ، ދ ، ގދ ،ޏ ، ނ، ހއ، ރ ، ސ ، މ ، ފ، ލ އަދި ގއ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މުވައްޒަފުން ބައިވެރިވާކަމަށް ވުޒާރާއިން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

113 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

269 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

271 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

276 ދުވަސް ކުރިން - 16:27

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

342 ދުވަސް ކުރިން - 00:12