Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

އަހްމަދު އީޒާން
433 ދުވަސް ކުރިން - 29 ޖޫން 2025 00:12
މާލޭގެ މަގުމަތި - ކުދިންނަށް އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ރިޕޯޓްކުރި / ފޮޓޯ: ޚުލާސާ
މާލޭގެ މަގުމަތި - ކުދިންނަށް އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ރިޕޯޓްކުރި / ފޮޓޯ: ޚުލާސާ
ޚުލާސާ

އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް. އެ ބާވަތުގެ 23 މައްސަލައެއް ރިޕޯޓުކޮށްފައިވޭ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 23 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

Advertisement 1

ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޖިސްމާނީ ހާނިކައިގެ މައްސަލަތަކެވެ. އެ ބާވަތުވެ 22 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ ޖިންސީ ހާނިކައިގެ 16 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ 13 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ހަ މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލަައެއް އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ.

ފިރިހެން ކުދިންނާ ގުޅުންހުރި 52 މައްސަލައެއް އަދި އަންހެން ކުދިންނާ ގުޅުންހުރި 45 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެ އެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)ކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

1 ދުވަސް ކުރިން - 12:54

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

5 ދުވަސް ކުރިން - 19:52

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް

16 ދުވަސް ކުރިން - 14:32

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

16 ދުވަސް ކުރިން - 11:43

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

27 ދުވަސް ކުރިން - 10:44

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

94 ދުވަސް ކުރިން - 03:12