Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
271 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 09:08
މި ކޯސް ކުރިއަށް ގެންދަނީ ޖެންޑާ މިނިސްޓްރީއާއި އެމްއެންޔޫ ގުޅިގެން - ފޮޓޯ: ޚުލާސާ
މި ކޯސް ކުރިއަށް ގެންދަނީ ޖެންޑާ މިނިސްޓްރީއާއި އެމްއެންޔޫ ގުޅިގެން - ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލްކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައި.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް (ސައިން ލޭންގުއޭޖް)ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ. މި ކޯހަކީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިގެން ފަށާ ކޯހެކެވެ.

މި ކޯހުގެ މައިގަނޑު ބޭނުމަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ހިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީއިން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި 130 އަށްވުރެ ގނަ ފަރާތްތަކުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފަ އެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ. ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޤައުމީ ޔުނިވާސިޓީން ހުޅުވާލާފައިވާއިރު، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

މި ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އަންނާނެ އެވެ. އަދި މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ހިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. ހަމައެއާއެކު، އެއްވެސް ފަރުދަކު ބާކީނުވެ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މިފަދަ ކަންކަމުން ބާރުލިބިގެންދާނެ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ސެމިނާއެއް ބާއްވައިފި

ރާއްޖެއާއި އިންޑިއާ ގުޅުމަށް 60 އަހަރު: ސެމިނާއެއް

18 ދުވަސް ކުރިން - 16:48

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

113 ދުވަސް ކުރިން - 21:09

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

130 ދުވަސް ކުރިން - 23:30

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

221 ދުވަސް ކުރިން - 22:29

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

260 ދުވަސް ކުރިން - 00:28