Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
262 ދުވަސް ކުރިން - 26 ޖެނުއަރީ 2026 23:30
އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް، އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ ހައި ކޮމިޝަނަރ ޑރ. މުހައްމަދު ނަޒްމުލް އިސްލާމް---
އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް، އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ ހައި ކޮމިޝަނަރ ޑރ. މުހައްމަދު ނަޒްމުލް އިސްލާމް---
ޚުލާސާ

މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިން ސައިންސާއި އާކިޓެކްޗަރާ ގުޅުންހުރި ދާއިރާތަކުން ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތުތައް ފަހިވެ، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައި.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ބަންގްލަދޭޝް ޔުނިވަސިޓީއާ ދެމެދު މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، އިލްމީ ގޮތުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި އޮތް ތައުލީމީ ގުޅުން އައު ހަރުފަތަކަށް ގެންގޮސް، ދިވެހި ދަރިވަރުންނާއި މުދައްރިސުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގްސަދުގައި ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ގައުމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް ވަނީ ބަންގްލަދޭޝްގެ މަޝްހޫރު ޔުނިވަސިޓީތައް ކަމަށްވާ ޔުނިވަސިޓީ އޮފް ޑާކާ، ބަންގްލަދޭޝް ޔުނިވަސިޓީ އޮފް ޕްރޮފެޝަނަލްސް އަދި ބަންގްލަދޭޝް މެރިޓައިމް ޔުނިވަސިޓީ ފަދަ ތަންތަނާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިރާސާކުރުމާއި، ތަމްރީނު ދިނުމުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުން ބަދަލުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒްގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ތަޖުރިބާކާރު މުދައްރިސުން ރާއްޖެ ގެނައުމަށާއި، ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެމްއެންޔޫއިން ޝައުގުވެރިވާކަން ހާމަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްއެންޔޫގެ 21 މަރުކަޒު މެދުވެރިކޮށް ގުޅިގެން ސެމިނާތަކާއި ކޮންފަރެންސްތައް ބޭއްވުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ބެންގާލީ ބަސް އުނގަންނައިދޭ ކޯހެއް ތައާރަފުކުރުމަށް ގަސްދުކުރާކަން ވައިސް ޗާންސެލަރު އިޢުލާނުކުރެއްވި އެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.

ޝެހެނާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިން، ޓެކްނޮލޮޖީ، ބިޒްނަސް އަދި ތިމާވެށި ފަދަ ދާއިރާތަކުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދެ ޔުނިވަސިޓީއަށްވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި މިއީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.

އެމްއެންޔޫއިން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިން ސައިންސާއި އާކިޓެކްޗަރާ ގުޅުންހުރި ދާއިރާތަކުން ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތުތައް ފަހިވެ، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ގުޅުންތަކާއި، ވިޔަފާރި އަދި އިސްތިރާޖީ ގޮތުން މުހިންމު ދާއިރާތަކުން ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބަންގްލަދޭޝްގައި އޮތް ޓޫނާ ގާލާގައި ދިވެހި ރަހަތައް ޝެފް މަހާ ހުށަހަޅައިދީފި

ބަންގްލަދޭޝްގައި އޮތް ޓޫނާ ގާލާގައި ދިވެހި ރަހަތައް ޝެފް މަހާ ހުށަހަޅައިދީފި

8 ދުވަސް ކުރިން - 10:11

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

22 ދުވަސް ކުރިން - 11:36

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

77 ދުވަސް ކުރިން - 09:44

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

97 ދުވަސް ކުރިން - 16:10

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

102 ދުވަސް ކުރިން - 19:32

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

105 ދުވަސް ކުރިން - 13:33