Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
360 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 10:59
ސޯޝަލް މިނިސްޓްރީގެ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން: ފޮޓޯ/ ސޯޝަލް މިނިސްޓްރީ---
ސޯޝަލް މިނިސްޓްރީގެ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން: ފޮޓޯ/ ސޯޝަލް މިނިސްޓްރީ---
ޚުލާސާ

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ކުދިންނަށް އަމާޒުކޮށް.

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި އެވެ.

މި ކަމާ ގުޅިގެން ސޯޝަލް މިނިސްޓްރީން ބުުނެފައިވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއެކު، ދިމާވެދާނެ ގުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް އެކުލަވާލައި، އެކަމަށް މުވައްޒަފުންނާއި ކުދިން އަހުލުވެރިކޮށް، އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ އަމަލީ ތަމްރީނު ފޯރުކޮށްދިނުމެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ކުދިންނަށް އަމާޒުކޮށެވެ.

Advertisement

Advertisement 1

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ހިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދެވުނުކަމަށާއި، އަދި ކުއްލި ހާލަތްތަކުގައި އަމަލުކުރަންވީ ގޮތްތައް ކިޔައިދެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެންމެހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސޯޝަލް މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އަމާން ހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެ އެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

204 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

235 ދުވަސް ކުރިން - 22:16

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

362 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

367 ދުވަސް ކުރިން - 16:27

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

433 ދުވަސް ކުރިން - 00:12

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިންގެ ދައުރަކީ އެންމެ އަގުހުރި ދައުރު: ވުޒާރާ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި އެންމެ ބޮޑުދައުރަކީ މައިންބަފައިން

443 ދުވަސް ކުރިން - 15:18