Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިންގެ ދައުރަކީ އެންމެ އަގުހުރި ދައުރު: ވުޒާރާ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިންގެ ދައުރަކީ އެންމެ އަގުހުރި ދައުރު: ވުޒާރާ

އަައިޝަތު ޒީނާ
397 ދުވަސް ކުރިން - 19 ޖޫން 2025 15:18
މިއަހަރުގެ އަޟްޙާ ޢީދު ނަމާދަށް ކުޑަކުދިންތަކެއް މައިންބަފައިންނާއެކު ދަނީ. ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ މައިންބަފައިން / ފޮޓޯ: ޚުލާސާ
މިއަހަރުގެ އަޟްޙާ ޢީދު ނަމާދަށް ކުޑަކުދިންތަކެއް މައިންބަފައިންނާއެކު ދަނީ. ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ މައިންބަފައިން / ފޮޓޯ: ޚުލާސާ
ޚުލާސާ

ވުޒާރާއިން ބުނީ މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ މި ޒިންމާ އިޚްލާޞްތެރިކަމާއި، އަދި ހަރުދަނާކަމާއެކު އުފުލައި، އަދާކުރުމުން ދަރިންނަށް ހިތްހަމަޖެހޭ އަދި ރައްކާތެރި މާޙައުލެއް ގާއިމުކުރެވިގެންދާނެ ކަމަށް.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިންގެ ދައުރަކީ އެންމެ އިސް އަދި އެންމެ އަގުހުރި ދައުރު ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ ދަރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ލޯތްބާއި، އެހީތެރިކަމާއި އަދި މަގުދެއްކުން ފޯރުކޮށްދިނުމަކީވެސް މައިންބަފައިންގެ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. ހަމައެހެންމެ، ދަރިންނަށް ހެޔޮ އަދި ނުބައި ވަކިކޮށްދިނުމާއި، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ދުނިޔެއަށް ތައްޔާރުކޮށްދިނުމަކީ ވެސް މައިންބަފައިންނާއި ބެލެނިވެރިންގެ އަގުހުރި ޒިންމާއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މައިންބަފައިންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ، ކުއްޖާގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޙިމާޔަތްކޮށްދިނުމާއި، ކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި ސާފުފެނާއި އެނޫންވެސް ރައްކާތެރިކަން ލިބިދިނުމާއި، ކުއްޖާއަށް ދޭންޖެހޭ ވެކްސިން ދިނުމާއި، ޞިއްޙީ ފަރުވާ ލިބިދިނުމާއި، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ރައްކާތެރިކަމާއި، ކުއްޖާގެ ތަރައްޤީއަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އުފަންވުން ރަޖިސްޓަރީ ކުރުމާއި، ކުއްޖާ ތަރުބިއްޔަތުކުރުމާއި އުނގަންނައިދިނުމާއި، ކުއްޖާގެ ފަރާތުން ޤާނޫނުގެ ކުރިމައްޗަށް ހާޒިރުވުމާއި، ޚަރަދު ދިނުމާއި، ކުއްޖާ އެހެން ފަރާތަކަށް ދޭ ގެއްލުމަށް ޒިންމާވުންވެސް ކުއްޖާގެ ބެލެނިވެރިޔާގެ ޒިންމާތަކުގެ ތެރޭގަ ހިމެނޭކަމަށް ވުޒާރާއިން ބުންޏެވެ. ހަމައެއާއެކު ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިކުރުވައި، އެއްބާރުލުންދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުމަކީ ވެސް މައިންބަފައިންގެ ޒިންމާއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ މި ޒިންމާ އިޚްލާޞްތެރިކަމާއި، އަދި ހަރުދަނާކަމާއެކު އުފުލައި، އަދާކުރުމުން ދަރިންނަށް ހިތްހަމަޖެހޭ އަދި ރައްކާތެރި މާޙައުލެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

މައިންބަފައިންނާއި ބެލެނިވެރިންގެ މި މަސްއޫލިއްޔަތުގެ މުހިންމުކަން ވިސްނައިގަނެ، އެކަން ފުރިހަމައަށް އަދާކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރުމަކީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތު ޙާޞިލުކުރުމުގެ ފުރުޞަތު ލިބި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ވެސް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވުޒާރާއިން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

159 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

190 ދުވަސް ކުރިން - 22:16

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

314 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

316 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

322 ދުވަސް ކުރިން - 16:27

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

388 ދުވަސް ކުރިން - 00:12