Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

އައިޝަތު ރުވާ ރިފްޢަތު
144 ދުވަސް ކުރިން - 12 ޖެނުއަރީ 2026 22:16
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ޚުލާސާ

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ގެ ނަމުގައި މިހާރު ވަނީ ޕްރޮގްރާމެއް ފަށައި، އެ ފުރުސަތު ހުޅުވާލާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން، ހާއްސަ އެހީއަށް ބޭނުންވާ 356 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

"ތަރުޖަމާނާ އެކު" ޕްރޮގްރާމުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ބެލުމަށް ކުރިއަށްގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 17 އަތޮޅެއްގެ 17،000 އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޒިޔާރަތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ޝަކުވާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ނުލިބުމުގެ މައްސަލައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާ ބޮޑުއިރު، އަތޮޅުތަކުގައިވެސް އެކި ބޭނުންތައް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވި މިއަދާ ހަމައަށް 356 ކުދިންނަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލޭގައާއި އަތޮޅުތަކުގައާއި ވަޒީފާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަރުދަނާ އުސޫލުތަކެއް ގެންގުޅެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ގެ ނަމުގައި މިހާރު ވަނީ ޕްރޮގްރާމެއް ފަށައި އެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ މާހައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރުތައް ދަސްކޮށްދީ، އެ ފަރާތްތައް ވަޒީފާއަށް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މިފަދަ ފަރާތްތަކަށް މުޖުތަމައުގައި ބާރުވެރިކަން ހޯދައިދީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

66 ދުވަސް ކުރިން - 20:17

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

113 ދުވަސް ކުރިން - 21:09

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

އަމާންވެށިތަކުގައި ތިބި 110ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

158 ދުވަސް ކުރިން - 16:45

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

269 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

271 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

276 ދުވަސް ކުރިން - 16:27