Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
158 ދުވަސް ކުރިން - 29 ޑިސެންބަރު 2025 16:45
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް---ފޮޓޯ: ރައީސް އޮފީސް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިން. އެއީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިން

މި ސަރުކާރުން ވެރިކަމަށް އައިފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އިޖުތިމާއީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.

Advertisement

Advertisement 1

މިމަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، އެކި ހާލަތްތަކުގައި އާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ އެ ވުޒާރާއިން ފުރިހަމައަށް އަދާ ކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ކުދިން ގެންގުޅުނު ނަމަވެސް އާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ، އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިހާރު މިކަމުގައި އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ، ކުދިންނާއި ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުން ދިއުމެވެ. އަދި ގެންދާ ކުދިން އެ އާއިލާތަކުން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް ކޮންމެ ކުއްޖަކަށް އާއިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އާ އާއިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުން،" މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ކޮންމެ ކުއްޖަކަށް އާޢިލާއެއް ޕްރޮގްރާމުގެ އިތުރުން އަމާން ވެށިތައް އިތުރަށް ތަރައްގީކޮށް ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިފަހުން ފ. އަތޮޅުގައި އަމާންވެއްޓެއް ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިމަސައްކަތާއިއެކު އަމާންވެށިތަކުގައި މިހާރުވެސް ގެންގުޅޭ ކުދިން އެތަނުން ނިމޭވަރަކުން މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، އެކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުސަތު ހޯދައިދެމުންދާ ކަމަށާއި މިކަމުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މިނިސްޓްރީން މިއަހަރު ކުރި މަސައްކަތުން 23 ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުދިންނަށް އެކި ތަމްރީނުތައް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

66 ދުވަސް ކުރިން - 20:17

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ޢީދު ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ވަޒީރު ޝިހާމް ގަމަށް ވަޑައިގެންފި

ޢީދު ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ޝިހާމް ގަމަށް ވަޑައިގެންފި

365 ދުވަސް ކުރިން - 17:09

'ޙާލު ކިހިނެއް' ޕްރޮގްރާމުގެ ދަށުން 14،000 ގެއަކަށް ޒިޔާރަތްކޮށްފި

ޙާލު ބެލުމަށް 14،000 ގެއަކަށް ޒިޔާރަތްކޮށްފި

375 ދުވަސް ކުރިން - 09:50

ފަގީރުން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާކޮށްފި

ފަގީރުން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާކޮށްފި

379 ދުވަސް ކުރިން - 15:53

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުމް ފަށައިފި

388 ދުވަސް ކުރިން - 09:18