Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

'ޙާލު ކިހިނެއް' ޕްރޮގްރާމުގެ ދަށުން 14،000 ގެއަކަށް ޒިޔާރަތްކޮށްފި

'ޙާލު ކިހިނެއް' ޕްރޮގްރާމުގެ ދަށުން 14،000 ގެއަކަށް ޒިޔާރަތްކޮށްފި

އަައިޝަތު ޒީނާ
375 ދުވަސް ކުރިން - 27 މެއި 2025 09:50
ޙާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން ގެއަކަށް ޒިޔާރަތްކޮށް ޙާލަތު ބަލަނީ. / ފޮޓޯ: ވުޒާރާ
ޙާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން ގެއަކަށް ޒިޔާރަތްކޮށް ޙާލަތު ބަލަނީ. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ޕްރޮގްރާމުން ލިބެމުން އަންނަ މަޢުލޫމާތާއެކު، ޙާލަތަށް ބެލުމަށްފަހު ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ޙާލު ކިހިނެއް' ޕްރޮގްރާމްގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތް ކުރެވިފައި ވާނެކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ޙާލު ކިހިނެއް ޕްރޮގްރާމަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ޙާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން އެކަންކަމަށް ޙައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ޙާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

ޙާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

66 ދުވަސް ކުރިން - 20:17

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

113 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

އަމާންވެށިތަކުގައި ތިބި 110ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

158 ދުވަސް ކުރިން - 16:45

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

269 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

271 ދުވަސް ކުރިން - 09:08