Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
111 ދުވަސް ކުރިން - 31 މާޗް 2026 20:17
އާސަންދަ އޮފީހެއް އައްޑޫގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝިހާމް ވާހަކަފުޅު ދައްކަވަނީ---
އާސަންދަ އޮފީހެއް އައްޑޫގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝިހާމް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

މި އޮފީސް ހުޅުވުމާއެކު، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ހުވަދު އަތޮޅު ހިމެނޭހެން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫގައި އެ ދެ މުއައްސަސާގެ އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވުމަށްޓަކައި ހިތަދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ހިދުމަތްތައް ރަށްރަށަށް ފުޅާކުރުން ކަމަށެވެ.

Advertisement

Advertisement 1

"މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ބުނި ގޮތުގައި، އައްޑޫގައި މި އޮފީސް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ ހިދުމަތްތައް ހޯދުމުގައި އުފުލި ތަކުލީފުތަކަށް މި އޮފީހާއެކު ނިމުން އަންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އޮފީސް ހުޅުވުމާއެކު، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ހުވަދު އަތޮޅު ހިމެނޭހެން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. ހާއްސަކޮށް، ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ ލިޔެކިޔުންތަކަށް ޖަވާބު ހޯދުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ހިދުމަތްތައް އަވަސްވެގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރައްޔިތަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

އާސަންދައެންސްޕާމިނިސްޓަރު ހީނާ ވަލީދު(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމްއައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

4 ދުވަސް ކުރިން - 20:49

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

4 ދުވަސް ކުރިން - 19:57

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

6 ދުވަސް ކުރިން - 23:25

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

6 ދުވަސް ކުރިން - 22:41

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

47 ދުވަސް ކުރިން - 19:46

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

50 ދުވަސް ކުރިން - 01:55